ނަޞްރުގެ ދުވަހުގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހަވީރު ބާއްވަނީ

ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންމިދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30ގައި ޖުމްހޫރީ މައިދާނު ސަރަހައްދުންނެވެ. އަދި ޑިސްޕްލޭގެ ބަލާލުމުގެ ފުރުސަތު އާއްމުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިމަހު 4 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދާއި މިމަހު 05 ވަނަ ދުވަހު ވިލިމާލެ ބަނދަރު ސަރަޙައްދުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތައް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި މި ދެދުވަހު ޑިސްޕްލޭގެ ހަރަކާތައް ފެށުމަށް ހަމަޖެހިފައިވަނީ 17:00 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ މިއުޒިކަލް ޑްރިލް ޑިސްޕްލޭއަކީ އާއްމުންގެ ބޮޑު ތަރުހިބެއް ލިބިފައިވާ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ