މޫސުން ގޯސްވެ، ތ އަތޮޅަށާއި ހުވަދު އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަރަހައްދަށް، ފަތިހު 06:20 އިން މެންދުރު 11:20 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.
އޭގެއިތުރުން ދެކުނުގެ އެކިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. އަދި މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
އެގޮތުން ވައިޖެހޭނީ އިރުއުތުރާއި އިރުން، ނޫނުއަތޮޅުން ފެށިގެން ލާމުއަތޮޅު ހިމެނޭ ސަރަހައްދުގައި 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި އެހެންހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
މީޓިއޮރޮލޮޖީން ބުނިގޮތުގައި ނޫނު އަތޮޅުން ފެށިގެން ލާމުއަތޮޅު ހިމެނޭ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށްް ގަދަވާނެއެވެ.
މީޓިއޮރޮލޮޖީން ވަނީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
މޫސުން ގޯސްވެ ތ އަތޮޅަށާއި ހުވަދު އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ