ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކުޜިގެ ރައީސް ޔާމީންއާއި އެކު ފަހުވަގުތުވެސް ޕީޕީއެމްގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިނާއި މާވަށު ދާއިރާގެ މެންބަރު އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުރަސް އެޅުމުގެ ގޮތުން މިފަސްއަހަރުތެރޭ އެމަނިކުފާނު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
“ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރަން ފުރުސަތު އަޅުގަނޑަށް ލިބުނު ކަމުގައިވިޔަސް، މިފަސްއަހަރު އެކަން އަޅުގަނޑު ނުކުރާނަން. އެކަން އަޅުގަނޑު ބާއްވާނީ ސެކަންޑް ނޫނީ ތާޑް ކެޓެގަރީގަ. އަޅުގަނޑު އިސް ނުކުރާނީ ރައީސް ސޯލިހްގެ މިވެރިކަން ދަމަހައްޓަން.“ ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ކޯލިޝަންގެ އެއް ޕާޓްނަރުންކަމުގައި ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓާ ނެގެހެއްޓުމުގައި ގާނޫނީ ގޮތުން ކުރަން ޖެހުނު ހުރިހާ ކަމެއް، ކުރައްވާނެކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީންނާއި އަދި އަމިއްލަ ނަފުސުންވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް ރައީސް ސޯލިހްގެ ވެރިކަން ދަމަހައްޓާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ވެރިކަމަށް އަންނަން ފުރުސަތު ލިބުނަސް މިފަސްއަހަރު އަޅުގަނޑު އެކަން ނުކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ