މެމްބަރު އަމީތު އަދި އަބްދުﷲ ވެސް ޖޭޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުވެސް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
މެމްބަރު އަމީތު އަދި އަބްދުﷲ ޖޭޕީ އަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، މެމްބަރު އަމީތު އަދި އަބްދުﷲ ޖޭޕީއަށް ގުޅިވަޑައިގަތުމަކީ ޕާޓީ އަށް ލިބިގެންދާ ބޮޑު އުފަލެއް ކަމަށާއި، މިކަމުގެ ސަބަބުން ޕާޓީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
މެމްބަރު އަމީތު މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ޕީޕީއެމް ޓިކެޓުގައެވެ. 
މެމްބަރު އަބްދުﷲ ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބެވެވަޑައިގެންނެވިއިރު، އެ ޕާޓީ ދޫކުރައްވާ ޕީޕީއެމްގައިވެސް ވަނީ މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް އަބްދުﷲ ވަނީ ޕީޕީއެމުން ވަކި ކުރައްވާފައެވެ. އޭގެ ފަހުން އަބްދުﷲ އެއްވެސް ޕާޓީއަކަށް ސޮއިކުރައްވާފައެއް ނުވެއެވެ.  
މަޖިލިސް އިންތިހާބު ކައިރިވެފައި ވަނިކޮށް، ޖޭޕީ އަށް މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން އަންނަނީ ގުޅިވަޑައިގަންނަމުނެނެވ. އަމީތު އަދި އަބްދުﷲ އާއެކު މަޖިލީހުގައި މިހާރު ޖޭޕީގެ 16 މެމްބަރުން ތިއްބަވާނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ