ވައިކަރަދޫ ދާއިރާގައި މިހާރުވެސް ހުންނެވި މެމްބަރު މުހައްމަދު ނާޒިމް އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކުރިމަތި ލައްވައިފިއެވެ.
ނާޒިމް ފޯމް ލައްވާފައި ވަނީ މިއަދުއެވެ.
އެމްޑީޕީން ވަނީ 87 ދާއިރާގައި އެޕާޓީން ވާދަ ކުރުމަށް ނިންމާފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ އިސް ސަފުތަކުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ކުރިމަތިލައްވާނެއެވެ. އޭގެ ތެރޭގައި މިހާރުގެ މަޖިލިސް މެމްބަރުންނާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ޗެއާޕާސަން ހަސަން ލަތީފާއި، ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި، ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ހިމެނެއެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން ނެރުނު ޓައިމް ލައިން ބުނާގޮތުން ޕްރައިމަރީ އޮންނާނީ އަންނަ ޖެހުއަރީ 18 ވަނަ ދުވަހުއެވެ. ޕާޓީގެ ޕްރައިމަރީގައި ވޯޓްލާން ބޭނުން ފަރާތްތަކުން ޕާޓީއަށް ވަނުމުގެ މުއްދަތު ރޭ ވަނީ ހަމަވެފައެވެ.
މެމްބަރު ނާޒިމް ވައިކަރަދޫ ދާއިރާގެ ޕްރައިމަރީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ