ހދ ގައި ރިސޯޓް ހަދަން އަމިއްލަ ހައިސިއްޔަތު މަސައްކަތް ކުރިން، ލިޔެކިޔުން ހުންނާނެ: ނަޝީދު

ހދ އަތޮޅަށް ޓޫރިޒަމް ގެނައުމަށްޓަކާ އަމިއްލަ ހައިސިއްޔަތުވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށާއި އެކަމުގައި ބޭނުން ކުރި ލިޔެކިޔުންތައް އެބޭފުޅާގެ އޮފީހުގައި މިހާރުވެސް ހުންނާނެ ކަމަށާއި އެ ލިޔުންތައް ބަލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެބަ އޮތްކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރުގެ ދައުވަތަށް މެމްބަރު ނަޝީދު ވަނީ ބައިވެރިވެލައްވާފަ އެވެ. އެދައުވަތު އުތުރު ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު މޫސާއަށްވެސް ދީފައިވެ އެވެ. ނަމަވެސް ގަފޫރު ޖަލްސާގައި ބައިވެރިވެލައްވާފައެއް ނުވެ އެވެ.
މެމްބަރު ނަޝީދު މަޖިލީހުގައި 10 އަހަރު ކުޅުދުއްފުށީ ތަމްސީލުކުރެއްވިއިރު ހދ އަތޮޅަށް ފަތުރުވެރިކަން ގެންނަ ކުރެއްވީ ކޮން މަސައްކަތެއް ރައްޔިތަކު ސުވާލުކުރެއްވުމުން، އެއަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ” މިހާރު މިތާ ތިބި ހުރިހާ ރައްޔިތުން އަޅުގަނޑަކާއެކު މާލެ ވަޑައިގެން އަޅުގަނޑު އޮފީހުގެ ލިޔެކިޔުންތައް ބައްލަވާލަވަން ހިންގަވާ” ފަތުރުވެރިކަން ހދ އަށް ގެނައުމަށް ނަޝީދު ކުރެއްވި މަސައްކަތުގެ ހެކި ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހދ ގެ ރަށްތައް ފަތުރުވެރިކަން ތަރައްގީކުރަން އެބޭފުޅުން ދަންނަ ބޭރުގެ އިންވެސްޓަރުންނާ ބައްދަލުކޮށް ޕްރޮޕޯޝަން ހަދައި ވިއްކަން މަސައްކަތް ކުރި ކަމަށެވެ. އަގު ބޮޑުކަމަށްވަންޏާ މިނިސްޓަރާ ވާހަކަދައްކަވައިގެން އަގު ކުޑަކުރެވޭ ތޯ މަސައްކަތްކުރަންވަން ހިންގާވާށޭ ވިދާޅުވަމުން އިންވެސްޓަރުންގެ އަރިހަށް އަމިއްލަ ހައިސިއްޔަތުން ވަޑައިގެންވިކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ކުރީގެ ސަރުކާރުތަކުގެ ތެރެއިން މިނިސްޓަރުންނާ ހަމައަށް ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުން ހިއްސާކުރައްވާފައިވާނޭކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ހދ ގައި ރިސޯޓް ނުހެދި ވަނީ އެބޭފުޅާ ސަރުކާރުގައި އާދޭސް ނުދަންނަވައިގެންނޫން ކަމަށްވެސް ވިދާޅުވި އެވެ.
ސަރުކާރުތަކުން ނާގޯށީގެ މައްސަލަ ހައްލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރިކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ މިހާތަނަށްވެސް އެކަން ނުވެއޮތީ އެގްރިމެންޓް ބާތިލްކޮށްލައިފިނަމަ ދައުލަތު ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވުމުން ކަމަށެވެ. ނާގޯށި މިހާރު ހަދަނީ ރަޝީއާގެ އިންވެސްޓަރެއްކަމަށާއި އެތަނުގެ އެގުރިމެންޓް ބާތިލްކުރަން ބަލާއިރު ދައުލަތުން 22 ހަކަށް މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ކުރިއަށްދާން ބަލާއިރު ކޯޓް މަރުހަލާގައި ހުރި ދަތިތައްވެސް ނަޝީދު ވިދާޅުވެދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ