ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ތެރިންގެ އަނބިފިރިކަމުގެ ހައްގަކީވެސް އިންސާނީ ހައްގެއް: އެމްޕީ އަލީ

ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންއަންނަ ކުރިއެރުމާއި، ނަފާގެ ވާހަކަ ދައްކާއިރު، މަޖުބޫރީ ހާލަތުގައި ރިސޯޓުތަކުގައި އެތައް ދުވަހެއް ހޭދަކުރަމުންދާ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ތެރީންގެ ގުރުބާނީ ވެސް ހަނދާން ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.
އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓުއަރިޒަމް ބޫމްއެއްގެ ވާހަކަ ދައްކާއިރު، ރިސޯޓުތަކުގައި އަނބިދަރިންނާ އާއިލާ އާއި ބައްދަލުނުވެ، އެތަކެއް މަސްތަކެއް ހޭދަކުރުމަށް މަޖުބޫރު ވެފައިވާ މަސައްކަތްތެރިންގެ ގުރުބާނީގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި އަނބިފިރި ކަމުގެ ހައްގަކީވެސް އިންސާނީ ހައްގެއް ކަމަށް އަލީ ވިދާޅުވިއެވެ.
ޓުއަރިޒްމް ބޫމްއެއްގެ ވާހަކަ ދައްކާއިރު، ރިސޯޓުތަކުގައި އަނބިދަރިންނާ ޢާއިލާ އާއި ބައްދަލުނުވެ، އެތަކެއް މަސްތަކެއް ހޭދަކުރުމަށް މަޖުބޫރު ވެފައިވާ މަސައްކަތްތެރީންގެ ޤުރުބާނީގެ މަތިން ހަނދާން ކުރަންޖެހޭ. އަނބިފިރި ކަމުގެ ޙައްޤަކީވެސް އިންސާނީ ޙައްޤެއް.
— Ali Hussain (@AleeVoice) January 10, 2021
ރިސޯޓްތަކުގެ މަސައްކަތްތެރިންނާބެހޭ ގޮތުން މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާއިރު މި ދުވަސްވަރަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، އެ ސިނާއަތަށް ބޮޑުކުރިއެރުމެއް ލިބިފައިވާކަމަށް ކަމާގުޅޭ ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދުވަސްވަރެއްކަން ފާހަގަކުރެވެ އެވެ.
ނަމަވެސް ގިނަ ރިސޯޓުތަކުން ޚިދުމަތް ދެމުން އަންނަނީ ވަރަށް މަދު މުވައްޒަފުން ވަރަށް ބުރަ މަސައކަތާއެކުގައެވެ. ބޭނުން ކޮށްގެންނެވެ.
ކޯވިޑްގެ ގޮންޖެހުން ތަކާއިއެކު ވެސް އަހަރު ނިމުނުއިރު ރާއްޖެއަށް 554،800 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ އަށް 23،156 ފަތުރުވެރިން ވަނީ މިއަހަރު ޒިޔާރަތް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ