މޫސުން ގޯސްވެ ބ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ވައިޓްއެލާޓް

ބ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ވައިޓްއެލާޓް ނެރެފިއެވެ.
މެތް އޮފީހުން ބުނީ ވައިތް އެލާޓް ނެރެފައިވާ ރަށް ތަކަށް މިއަދު ހެނދުނު 07:30 ން ފެށިގެން، 12:30 އަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކި 40 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓުން ލަފާކުރައްވައެވެ.
މީގެ އިތުރުން އެއިދާރާއިން ބުނީ، ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި، 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށެވެ. މިއަދު ފަތިހުން ފެށިގެން އޭދަފުއްޓަށްވެސް ދަނީ މެދު ނުކެނޑި ވާރޭ ވެހެމުންނެވެ. ގަދައަށް ގުގުރުމާއެކު ކުރާ މި ވިއްސާރައިގާ ރަށުގެ ތާރު ނާޅާ ހުރި މަގުތަކުގައިވަނީ ފެންބޮޑުވެ ހިނގާމީހުންނަށްވެސް އުނދަގުލާ ކުރިމަތިލާން ޖެހިފައެވެ.
މިދުވަސް ވަރަކީ، ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް މޫސުން ގޯސް ދުވަސް ވަރެއް ކަމުން، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ