މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިސްނަގައިގެން ކުރިޔަށްގެންދާ ޔޫތު ޗެލެންޖް 2018 ފަށައިއެވެ.
88 ސްޓޯލް އާއެކު މިރެއިން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫތު ޖެލެންޖް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު ހަތަރަކުން ރޭގަނޑު 11:00 އަށް ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ.
ދަރުބާރުގެގައި ކުރިޔަށްދާ މި ޗެލެންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އެވެ.
ޔޫތު މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ޗެލެންޖްގެ އެންމެ ބޮޑު މަގުސަދަކީ ޒުވާނުންނަށް ހުރި ވަޒީފާއާއި ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާއި، ވިޔަފާރިކުރަމުން ގެންދާ ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތައާރަފްކުރަން ބޭނުންވާ އާ އުފެއްދުންތައް ޕްރޮމޯޓު ކޮށްދިނުމެވެ.
2016 ވަނަ އަހަރުވެސް މިފަދަ ކާމިޔާބު ޗެލެންޖެއް ޔޫތު މިނިސްޓްރީން ކުރިޔަށް ގެންގޮސްފައިވާއިރު، މިފަހަރުގެ ޔޫތު ޗެލެންޖުގައިވެސް ފަންނުވެރިންގެ ހުނަރުތައް ދައްކާލުމުގެ އިތުރުން ޒުވާނުންގެ ތަފާތު ހުނަރުތަކުން އާމްދަނީ ހޯދުމާ ގުޅޭ ލަފާ ހޯދުމުގެ ފުރުސަތުތަކެއްވެސް ފަހިވެގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.
ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ދިވެހި ފަންނާނުންނާއި، މިނިވަން މުއައްސަސާތަށް، ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ތައުލީމީ އެކިއެކި ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް ރިސޯޓްތަކާއި ޑައިވް ސްކޫލްތައްވެސް މި ޗެލެންޖް ގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
88 ސްޓޯލާއެކު ޔޫތު ޗެލެންޖް 2018 ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ