ސްކޫލް ދަރިވަރަކު މަސްތުވާ އެއްޗިއްސަށް ޕޮސިޓިވް ވެއްޖެ

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ދަރިވަރަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ އެވެ.
ފުލުހުން ބުނީ އިއްޔެ ކޮމަންޑޫ އަށް ދިޔަ ބޯޓަކުން ހައްޔަރު ކުރި 19 އަހަރުގެ ޒުވާނަކު، ޔޫރިން ޓެސްޓު ކުރުމުން މަސްއްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ކޮމަންޑޫއަށް ނިސްބަތްވާ އެ ޒުވާނާއަކީ ސީއެޗްއެސްއީ ދަރިވަރެކެވެ.
މާލެއިން ފުރައިގެން ކޮމަންޑޫ އަށް ދިޔަ ބޯޓުން އޭނާ ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އަދި އޭނާގެ އަތުގައި މަސްތުވާތަކެތި ހުރެދާނެ ކަމަށް ޝައްކު ކުރެއްވިގެން ޗެއްކުރި އިރު މަސްތުވާތަކެތި އޭނާގެ އަތުން ފެނިފައި ނުވާ ކަމަށް އެ ރަށުން ސަންއަށް މައުލޫމާތުދިން މީހަކު ބުންޏެވެ.
މަތީ ސާނަވީ ތައުލީމު ރާއްޖޭގައި ދޭންފެށި ފުރަތަމަ ސްކޫލް، ސީއެޗްއެސްއީގެ ދަރިވަރަކު އިއްޔެ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ އިރު، 2010 ވަނަ އަހަރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން ސީއެޗްއެސްއީ ދަރިވަރެއްގެ ސައިކަލު މަޑިދަށުން ވެސް މަސްތުވާތަކެތި ފެނިގެން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ