އަންނަ އޮކްޓޫބަރު އަށް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ލިޔެކިޔުންތައް ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި ސޯޝަލް ލިބެރަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއީލް (އިބުރާ) އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނުގެ އަށްވަ މާއްދާގައިވާ ކަންތައްތައް ފުރިހަމަ ކުރައްވައި އެ ލިޔެކިޔުންތައް ރައީސް މައުމޫން އިލެކްޝަންސަށް ހުށަހެޅުއްވީ އިއްޔެ ހަވީރު 45: 3 ގައި އެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އިބުރާގެ ލިޔެކިޔުންތައް ހުށަހެޅުއްވީ މިއަދު މެންދުރު ފަހު 15: 2 ހާއިރު އެވެ. އެ ދެ ބޭފުޅުންގެ ލިޔެކިޔުންތަކާ ވެސް ހަވާލުވެ ވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހީމެވެ.
ރިޔާސީ އިންތިހާބަށް ރައީސް މައުމޫން މި ކުރިމަތިލެއްވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ދެ ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަންކޮށްފައިވާ ފަރާތަކަށް ރައީސަކަށް ކުރިމަތިނުލެއްވޭނެ ކަމަށާއި އެމަނިކުފާނަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށެވެ. އަދި ރިޔާސީ އިންތިހާބަށް ރައީސް މައުމޫން ކުރިމަތިލައްވައިފި ނަމަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބު 2008: އިންތިހާބަށް ކުރިމަތިލެއްވުމުގެ ލިޔެކިޔުންތައް ރައީސް މައުމޫނާއި އިބުރާ އިލެކްޝަންސަށް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ