ކަނޑުހުޅުދޫ ގާޒީ ސައިކަލު ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 12 ދުވަސް

ގއ ކަނޑުހުޅުދޫ ގާޒީގެ ސައިކަލާއި އިތުރު އެހެން މީހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 12 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. އެމީހުންގެ ބަންދަށް 12 ދުވަސް ޖެހީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.
ދެ ސައިކަލު އަނދާލާފައިވަނީ ބުދަ ދުވަހުގެ ރޭ ފަތިސް ނަމާދު ވަގުތު މިސްކިތް ކައިރީގައި ބަހައްޓާފައި ހުއްޓައެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ރޯކޮށްލާފައިވަނީ އެރަށު ގާޒީ ހަސަން ދީދީގެ ސައިކަލުގައެވެ. ދެން ހުރި ސައިކަލުގައި ރޯވީ އެ ސައިކަލު ހަސަން ދީދީ ސައިކަލު ކައިރީގައި ހުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ