ޅ. ނައިފަރު، ހަވީރީހިޔާ، ހައްސާން އަލިފުޅު، ދިވެހި ފިލްމު "ޔޫސުފު"ގެ ވެރިޔާ އަދި އެ ފިލްމުގެ ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާގެ މައްޗަށް ކުރި އަބުރުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
ހައްސާނު ނަހުލާގެ މައްޗަށް އަބުރުގެ ދައުވާ ކުރީ، "ޔޫސުފު"ގެ ވަގު ކޮޕީ ހަދައި އޭނާ ލީކުކޮށްލި މައްސަލައާ ގުޅޭގޮތުން ޓީވީ ޕްރޮގްރާމްތަކުގައި ނަހުލާ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.
އޭނާ ވަނީ އަބުރާ ބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްމިލިއަން ރުފިޔާ ނަގައިދިނުމަށް ވެސް ނައިފަރު ކޯޓުގައި އެދިފައެވެ.
ނައިފަރު ކޯޓުން އިއްވި ހުކުމްގައި ވަނީ އަބުރާ ބެހުމުގެ ހާދިސާ ހިނގާތާ ހަތަރު މަސްފަހުން އެ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ދައުވާއަށް ބަލާއިރު ހާދިސާ ހިނގާފައި ވަނީ 2008 ވަނަ އަހަރު ކަމަށާއި ނަމަވެސް އޭނާ ދައުވާ ކުރީ 2013 ވަނަ އަހަރު ކަމަށް ހުކުމްގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން އެ މައްސަލައަކީ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމުގައި ނައިފަރު ކޯޓުން ވަނީ ކަނޑައަޅައި ހުކުމް އިއްވާފައެވެ.
ނަހުލާއާ ދެކޮޅަށް ކުރި އަބުރުގެ ދައުވާ ނުކުރެވޭނެ ކަމަށް ނައިފަރު ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ