ކަރަންޓު ބިލް ނުދައްކާ ތަންތަނާއި ސްޓެލްކޯ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްފި

ކަރަންޓު ބިލްތަކަށްށް އެތަކެއް މިލިއަން ރުފިޔާ ނުދައްކާތީ ދައުލަތުގެ ބައެއް ތަންތަނުން ކަރަންޓް ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު ސްޓެލްކޯ އިން ދިނުމާ ގުޅިގެން ސްޓެލްކޯ އާއި އެ ތަންތަނުގެ އޮފިޝަލުން ރައްޔިތުންގެ މަޖިލީހަށް މިރޭ ހާޒިރުކޮށްފި އެވެ.ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ސްޓެލްކޯގެ އިތުރުން ހާޒިރުކޮށްފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާއި މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނާއި މާލޭ ސިޓީ ކައުންސިލްގެ ބޭފުޅުންނެވެ.އެ ބޭފުޅުންނާ ސުވާލުކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަރަށް ގިނަ ސުވާލުތައް ކުރިމަތިކުރެއްވި އެވެ.މި ބައްދަލުވުމުގައި ސްޓެލްކޯ އިން ބުނީ ބިލްތަކަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރުމުން އެ ކުންފުންޏަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކަރަންޓް ބިލް ދެއްކުމަށާއި ކަރަންޓް ކަނޑާލަން ޖެހިދާނެ ކަމަށް އަންގައި އެ ތަންތަނަށް ކުރިން ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ކަރަންޓް ކަނޑާނުލާ އޮތީ ކަމަށް ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެ ގިނަ އަދަދަކަށް ބިލަށް ފައިސާ ނުދައްކައި އޮތީ އައިޖީއެމްއެޗުން ކަމަށާއި އެ ހޮސްޕިޓަލަށް މާލޭ ހެލްތު ކޯޕަރޭޝަނުން 31 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ