މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ވަކިވަރަކަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށްގެން ހިންގާ "އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމް" އަށް 1000 ހައުސިން ޔުނިޓު ތަރައްގީކުރަން ދިވެހި ކުންފުނިތަކަކާ އެކީ ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިއީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހުޅުމާލޭގައި ހައުސިން ޔުނިޓުތައް ތަރައްގީކުރަން ސައްތައިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކާ ހަވާލުކުރެވުނު ޕްރޮޖެކްޓުތަކެއް ކަމަށެވެ. އެ ގޮތުން ފަސް ބަޔަކާ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭތައި ދެ ޖޮއިންޓް ވެންޗާ ވެސް ހިމެނެ އެވެ.
Enterprise Development Industrial Pvt Ltd
Villa College
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
މި ހައުސިން ޔުނިޓުތައް ތަރައްގީކުރަނީ ހުޅުމާލެ ފޭސް ތިނެއްގަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ކޮންމެ ޑިވެލޮޕަރަކާ ހަވާލުކުރީ އެންމެ ބިމެއް ކަމަށެވެ. އަދި، މަޝްރޫއުގެ މުއްދަތަކީ 30 މަސް ދުވަހެވެ.
އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ ޑިވެލޮޕަރުން
މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޔުނިޓުތައް ވިއްކަން ޖެހޭނީ "އާއިލީ ބޯހިޔާވަހިކަން" ސްކީމަށް ޝަރުތުހަމަވެފައިވާ މީހުންނަށެވެ. އަދި، ދެ ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށާއި ތިން ކޮޓަރީ ވިއްކޭނީ 2.3 މިލިއަން ރުފިޔާއަށް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސަރުކާރުން ވަނީ މަޝްރޫއުތައް ކުރިއަށް ގެންދަން ފަސޭހަކޮށްދީ، ފްލެޓުތަކުގެ އަގު ހެޔޮ ކުރުމުގެ ގޮތުން ބިމުގެ އަގާއި، އިމާރާތްކުރަން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އާއި ފްލެޓުއް ވިއްކާއިރު ނަގާ ޖީއެސްޓީ ނުނަގާ ގޮތަށް ނިންމާފަ އެވެ.
"އާއިލީ ބޯހިޔާވަހިކަން" ސްކީމަށް ޝަރުތު ހަމަ ވަނީ 60،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ، އަދި ސަރުކާރުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައި ނުވާ މީހުންނެވެ.
އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް 1000 ހައުސިން ޔުނިޓު އަޅަން ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ