މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަލްސް ސަމިޓު: މާލީ ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކުން

މާލީ ތަޖުރިބާކާރުން ބައިވެރިވާ މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓް 2020 ފަށަން ތައްޔާރުވެއްޖެއެވެ. މިއީ އަންނަ ހަފުތާގައި ފަށާ ބިޒްނަސް އެކްސްޕޯގެ ތެރެއިން ބާއްވާ ހަ ސަމިޓުގެ ތެރެއިން އެއް ސަމިޓެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ މާލީ ދާއިރާއަށް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އަންނަ ބަދަލުތަކާއި މި ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭގޮތުންނެވެ. މި ސަމިޓުގައި މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި އެކި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ބޭންކިން، އިސްލާމިކް ފައިނޭންސް، އިންޝުއަރެންސް، ލީސިން އަދި ވެލުއޭޝަން ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ. ސަމިޓުގެ ސްޕީކަރުންގެ ތެރޭގައި ހިމެނެނީ؛ ހަސަން ވަހީދު (ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް) އިބްރާހިމް ރިޔާޒު (އަމާނާ ތަކާފުލްގެ ޖެނެރަލް މެނޭޖަރު) ޝިމާދު އިބްރާހިމް (އެސް އެންޑް އޭ އެޑްވައިޒަރީގެ ސީނިއާ ޓެކްސް އެޑްވައިޒަރު އަދި އެސްޓީއޯގެ ބޯޑު މެމްބަރެއް) މުހައްމަދު ހަލީމު (ވިލާ އެއާގެ ހެޑް އޮފް ފައިނޭންސް، ވިލާ ކޮލެޖުގެ ލެކްޗަރާއެއް) އަލީ ޝަރީފު (މެޑްޓެކް މޯލްޑިވްސްގެ ފައިނޭންޝަލް ކޮންސަލްޓެންޓް) މަޚްޒޫމް ސަލީމު (ކެޕިޓަލް މާކެޓް ތަޖުރިބާކާރެއް) ސްޕީކަރުންނާއި މޮޑަރޭޓަރާ ދެމެދު 'ވަން އޮން ވަން' ސެޝަންތަކެއްގެ ގޮތުގައި ކުރިއަށްގެންދާ އެ ސަމިޓު މޮޑަރޭޓު ކުރައްވާނީ ހަސަން ވަހީދުއެވެ. އެ ސަމިޓު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 20:30 - 22:30 އަށް ދަރުބާރުގޭގައެވެ. މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ފަށާނީ މި މަހުގެ 23 ވަނަ ދުވަހުގަ އެވެ. މިއަހަރުގެ އެކްސްޕޯގައި ޖުމްލަ 150 އެގްޒިބިޓަރުން ބައިވެރިވެ، 3،000 މީހުން ޒިޔާރަތްކުރާނެ ކަމަށް އެކްސްޕޯ އިންތިޒާމުކުރާ އޯކާ މީޑިއާ ގުރޫޕުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ