ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް މައުލޫމާތު އެއްކުރުމުގެ ޤަވާއިދެއް

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަމެންޓް އެންޑް އެނާޖީއިން ތަންފީޒު ކުރާ މި ޤަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.
މި ޤަވާއިދުގެ މަޤްސަދުތަކުގެ ތެރޭގައި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ބެލެހެއްޓުމާއި، ދަތުރުފަތުރުގެ ދާއިރާއިން ބޭރުވާ ގޭހުގެ މިންވަރު ކަށަވަރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި، އިދާރާތަކުގެ މެދުގައި އެ މައުލޫމާތު ހިއްސާކުރުމުގެ މަރުހަލާތައް ބަޔާންކުރުން ހިމެނެއެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މޫސުމީ މުޢާހަދާތަކުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ އަދާހަމަ މައުލޫމާތު ހޯދުމުގެ މަގު ފަހިކުރުމަކީވެސް މި ޤަވާއިދުގެ މުހިންމު ބޭނުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ