ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދައި، ރިހިބިލިޓޭޓް ވެގެން އަންނަ މީހުން މުޖުތަމަޢުގެ ތެރޭގައި އަލުން ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މިފަދައިން ވިދާޅުވީ، ޑްރަގް ކޯޓުގެ ފަރުވާ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ، އަދުގެ ސަރުކާރުގެ ޑްރަގް ސިޔާސަތުގެ ތެރެއިން ރިހިބިލިޓޭޓް ވެގެން އަންނަ މީހުން މުޖުތަމަޢަށް އަހުލުވެރިކުރުވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމަށް ޕްރޮގްރާމެއް ޚާއްސަ އެބަކުރަން. މިއިން އެއްވެސް ބޭފުޅެއްގެ އަތުން ދޫކޮށްލުމުގެ ވިސްނުމެއް ނެތް. މުޖުތަމަޢުގައި ކާމިޔާބުކަމާއެކީ ފައިތިލަ ސާބިތު ވެއްޖެ ކަމާ އަދި އަބުރުވެރި ދިރިއުޅުމެއް ފެއްޓިޖެކަމުގެ ޔަގީންކަން ލިބެންދެން މަސައްކަތް ކުރާނަން،" އިހުސަން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ، ނ. ވެލިދޫގައި ޤާއިމްކުރާ ސެންޓަރުގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކާށިދޫ އަދި ލ. ގަމުގައި ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކުގެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނާމެދު މުޖުތަމަޢު ދެކޭ ގޮތް ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، އެފަދަ މީހުން އަނބުރާ މުޖުތަމަޢަށް އައުމަށް ބައެއް އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. މީގެ އިތުރުން ފަރުވާ ފުރިހަމަކޮށް މުޖުތަމަޢަށް ނުކުންނަ މީހުންނަށް ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގައި ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާ އުފައްދާ މީހުންގެ އިތުރުން ކޮންމެ ފަރުދެއްގެ ޒިންމާވެސް ބޮޑުކަންވެސް އިހުސާން ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން: އިޙްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ