މިއަދުގެ ރީތި ތާރީހު، 26.6.26 ގައި ވެރިރަށް މާލެ ސަރަހައްދުގައި ޖުމްލަ 50 ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް މާލޭ ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން ބުނީ މިއަދު ކޮށްދިނުމަށް ހަމަޖެހިފައިވާ 50 ކައިވެނީގެ ތެރެއިން 11 ކައިވެނި ކޯޓުގައި ކުރާއިރު، 39 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޯޓުން ބޭރުގައި ކަމަށެވެ.
މި އަހަރުގެ ރީތި ތާރީހުތަކުގެ ތެރޭގައި ހިމެނޭ 26.2.26 ގައި މާލެ ސަރަހައްދުގައި ޖުމްލަ 14 ކައިވެނިކުރި އެވެ. އޭގެ ތެރެއިން ހަ ކައިވެނި ރަސްމީ ގަޑީގައި ކުރިއިރު، ބާކީ ކައިވެނިތައް ކޮށްދިނީ ނުރަސްމީ ގަޑީގަ އެވެ.
އަހަރުގައި އަންނަ މިފަދަ ރީތ ތާރީހުތަކުގައި މީގެ ކުރިން ރާއްޖެ އަދި މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކައިވެނި ކުރެ އެވެ. އެގޮތުން، މިދިޔަ އަހަރު، މެއި 25، 2025، ގައި މާލޭގައި އެކަނި ވެސް 50 ކައިވެނި ކުރި އެވެ.
އޭގެ ކުރިން، ފެބްރުއަރީ 2، 2020، ގައި މާލޭގައި 64 ކައިވެނި ކުރި އެވެ. އެކަމަކު އެންމެ ގިނަ ކައިވެނި ކުރި ކަމަށް ބެލެވެނީ 2022 ވަނަ އަހަރެވެ. ފެބްރުއަރީ 22، 2022، ގައި މާލޭގައި 87 ކައިވެނި ކުރި އެވެ.
ރީތި ތާރީހުތަކުގައި އަދި ރީތި ނުވަތަ ތަފާތު މަންޒިލްތަކުގައި ކައިވެނި ކުރުމަކީ ކުރިން ފެށިގެން ވެސް ދިވެހިންގެ އާދަކާދައެއް ކަމަށް ބެލެވެ އެވެ. އެގޮތުން، މާލެ ސިނަމާލެ ބްރިޖު ހުޅުވުމުގެ ކުރިން އެތަނުގައި އެއް ފަހަރާ ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރި އެވެ.
މިއަދުގެ ރީތި ތާރީހުގައި ގްރޭޓާ މާލެ ސަރަހައްދުގައި 50 ކައިވެނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ