އެމްޑީޕީ އެކަތިކަނޑެއްގެ ގޮތުގައި ބާއްވާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރެއްވި މީކާއީލް އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މީކާއީލް ވަނީ އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި އެ ޕާޓީގެ ޗެއާޕާސަން އިންތިހާބު ކުރުމުގެ ވޯޓު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދަންނަވާފަ އެވެ.
"އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 މި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނަން. ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމިހުންނާނަން،" މީކާއީލް ވިދާޅުވި އެވެ.
މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބެހެއްޓި އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދު ވަނީ 67 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވާފަ އެވެ.
އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ކުރާނަން: މީކާއީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ