ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަހުމަދު އަބުދުﷲ (ރޯޒޭ) އިންތިހާބުކުރައްވައިފި އެވެ.
ސިޓީ ކައުންސިލްގައި މިހާރު ކުރިއަށްދާ ބައްދަލުވުގައި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަންފާޅުކުރެއްވީވެސް ރޯޒޭ އެކަންޏެވެ.
އެހެންވުމުން ވޯޓެއް ނެތި ރޯޒޭ އެ މަގާމަށް އިންތިހާބުކުރެވިގެންދިޔަ އެވެ.
ކައުންސިލްގެ މި ނިމިދިޔަ ދައުރުގެ ފަހުކޮޅުވެސް ރޯޒޭ ވަނީ އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވާފަ އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ރޯޒޭ އިންތިހާބުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ