އީ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލިތާ ހަފުތާއެއް: "ލިބޭނެ ދުވަހެއް އަދި ނޭނގޭ"
ދިވެހި 'އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު' (އީ- ޕާސްޕޯޓު) ދޫކުރުން މެދުކަނޑާލިތާ އިއްޔެ ހަފުތާއެއް ވީއިރު، އަދި ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. މި މަހުގެ ނުވަވަނަ ދުވަހު އެ ބާވަތުގެ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލީ، ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެންނެވެ. އެހެންވެ، މި ވަގުތަށް އީ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލާފައިވާއިރު، އޭގެ ފަހުން އިއްޔެއަށް މިވަނީ ހަފުތާއެއް ވެފައެވެ. އެ ބާވަތުގެ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް މިހާރު ދޫކުރާނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. 'ސަން'އިން ސުވާލުކުރުމުން އިމިގްރޭޝަން މިއަދު ބުނީ، އަދިވެސް އީ ޕާސްޕޯޓު ނުލިބޭ ކަމަށާއި އެ ޕާސްޕޯޓު ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. https://sun.mv/221722 އާންމުކޮށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ދޫކުރަން 1,000 ރުފިޔާ ނަގައެވެ. އަދި، މިހާރު ދޫކުރަން ނިންމާފައިވާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ. ރާއްޖޭން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ބޭރުގެ އެކި ގައުމުތަކަށް ދަތުރުކުރާއިރު، މި ބަދަލުގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ