ހަ ފަހަރަށް ވޯޓަށް އަހައިގެން ވެސް މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވުނު

އދ. މަހިބަދޫ ކައުންސިލުގެ ނައިބު ރައީސަކު ހޮވަން ކައުންސިލްގެ މެމްބަރުންގެ މެދުގައި ހަ ފަހަރަށް ވޯޓަށް އަހައިގެން ވެސް ވޯޓު އެއްވަރުވެ ކައުންސިލްގެ މަސައްކަތް ފެށޭ ގޮތް ނުވެ ހުއްޓުމަކަށް އަތުވެއްޖެ އެވެ. 
އާ ދައުރަށް މަހިބަދޫ ކައުންސިލަށް ހޮވުނު ފަސް ބޭފުޅުން ވެސް އިއްޔެ ވަނީ މަގާމުގެ ހުވާކޮށްފަ އެވެ. ގާނޫނު އޮންނަ ގޮތުން ނަމަ، މެމްބަރުން އިންތިހާބުވުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ކައުންސިލަށް ނައިބަކު ހޮވަން ޖެހެ އެވެ. ކައުންސިލްގެ މަސައްކަތް ފެށޭނީ އޭގެ ފަހުންނެވެ.
މަހިބަދޫ ކައުންސިލުގެ ނައިބު ރައީސްކަަމަށް ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ މެމްބަރު ޒައީމާ މުހައްމަދާއި ޕީއެންސީގެ މެމްބަރު މުހައްމަދު މައުމޫން އަދި އަމިއްލަ މެމްބަރު ބުންޏާމީން ހަސަން އެވެ. 
ދެ މެމްބަރުންގެ ނަތީޖާ އެއްވަރުވުމާ އެކު އިތުރަށް ފަސް ފަހަރު ވަނީ ވޯޓު ނަގައިފަ އެވެ. އެކަމަކު ބާތިލު އެއް ވޯޓު ކޮންމެ ފަހަރަކު ވެސް އޮންނާތީ ނަތީޖާ ކޮންމެ ފަހަރަކު ވެސް އެއްވަރުވަނީ އެވެ. ކޮންމެ ފަހަރަކު ވެސް ނަތީޖާއަކަށް ވަނީ؛
އެނގިފައިވާ ގޮތުގައި، ކައުންސިލަށް ނައިބަކު ނުހޮވިގެން މިއަދު މެންދުރު 1:00 ގައި އަނެއްކާ ވެސް އަލުން ވޯޓަށް އަހަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ