އެކަހެރި މަކުނުދޫގެ އާރްޓީއެލް ދަތުރުތައް ކެންސަލްވާތާ ހަފުތާއެއް
އެހެން ރަށްތަކާ ވަރަށް އެކަހެރިކޮށް އޮންނަ, ހދ. މަކުނުދުއާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ކުރާ އާރްޓީއެލް ފެރީގެ ދަތުރުތައް ކެންސަލްވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މަކުނުދޫ ކައުންސިލުގެ ރައީސް ޢަބްދުالله ވަޙީދު 'ސަން'އަށް އިއްޔެ ވިދާޅުވީ، މަކުނުދުއާއި ކުޅުދުއްފުއްޓާ ދެމެދު ކުރާ އާރްޓީއެލް ފެރީގެ ދަތުރުތައް ކެންސަލްވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި، އާންމު ގޮތެއްގައި ވަރަށް ގިނައިން ދަތުރުތައް ކެންސަލްވަމުންދާ ކަމަށެވެ. އެ ރަށު ރައްޔިތުން ވަރަށް ބޮޑަށް އާރްޓީއެލް ފެރީއަށް ބަރޯސާވާ ކަމަށް، ވަޙީދު ވިދާޅުވިއެވެ. މަކުނުދޫ -- ފޮޓޯ/ މަކުނުދޫ ކައުންސިލް "އާންމު ގޮތެއްގައި އެ ބޭފުޅުން ޖަހައިފައި އޮންނަނީ ބޭޑް ވެދާ، ދެން ޖަހައިފައި އޮންނަނީ ލޯންޗް މެއިންޓަނެންސް، އެ ދެ އެއްޗަށް ބޮޑަށް މި އޮންނަނީ،" ވަޙީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، އެހެންވެ، މަކުނުދޫ ރައްޔިތުން ދަތުރުކުރަނީ ބޮޑު އަގުގައި ލޯންޗު ޕްރައިވެޓްކޮށް ނަގައިގެންނެވެ. "ރައްޔިތުންނަށް ވަރަށް ލުއިފަސޭހަ އާރްޓީއެލް، އެކަމަކު މިހާރު އެކަން އެންމެ ރައްޔިތުން ހިތްހަމަޖެހޭ ގޮތަކަށް ނޫން ދަނީކީ، ރައްޔިތުންގެ އެދުމަކީ އެކަމަށް ރަނގަޅު ހައްލެއް ސަރުކާރުން ގެނެސްދިނުން،" ވަޙީދު ވިދާޅުވިއެވެ. ވަޙީދު ވިދާޅުވީ، އެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނި ކަމަށެވެ. "ޑޮކްޓަރަށް ދެއްކުންވެސް އާރްޓީއެލް ބަލައިގެން މި ހައްދަނީ، ދެން އެޕޮއިންޓްމަންޓުވެސް ފުދޭވަރަކަށް މިހާރު އުނދަގޫ ހޯދަން، އެކަމަކު ވަރަށް މަސައްކަތުން އެޕޮއިންޓްމަންޓް ލިބޭއިރުގަ އަނެއް ދުވަހު މި އޮންނަނީ އާރްޓީއެލް ކެންސަލްވެފަ، މަތިން ދާންވެސް މާލެ އަންނަންވެސް ޓިކެޓު ނަގައިފައި ދާން ބަލާއިރު އާރްޓީއެލް މި އޮންނަނީ ކެންސަލްވެފަ، އަނެއްކާވެސް މި ޖެހެނީ ޓިކެޓް ޗޭންޖްކުރަން،" އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން އެމްޓީސީސީގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ. https://sun.mv/210469 ގާތްގަނޑަކަށް 1،300އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަކުނުދޫއަކީ އުތުރުގައިވާ ރަށްރަށުގެ ތެރެއިން އެންމެ ދުރުގައި އޮންނަ ރަށެވެ. އެ ރަށުގައި ބިން ހިއްކައި އެއާޕޯޓެއް ގާއިމްކުރަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެށި އާރްޓީއެލް ފެރީގެ ޚިދުމަތް ގިނަ އަތޮޅުތަކެއްގައި ފަށާފައިވީނަމަވެސް ދަތުރުތައް ގަވާއިދުން ނުބާއްވާ ކަމުގެ ޝަކުވާ މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ