މައުމޫން ވިދާޅުވީ ފިކުރު ނައްތާނުލެވޭނެ ކަމަށް!

އިސްލާހަކީ ފިކުރެއް ކަމަށާއި ފިކުރެއް ނައްތައިނުލެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ހިންގާނެ އިސްލާހީ ހަރަކާތެއް ކަމަށް ވިދާޅުވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެންނެވެ.
އެމްއާރްއެމް އުވައިލީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓާ ކުރުމަށް ބޭނުންވާ 3،000 މެންބަރުން އެ ޕާޓީ އަށް ހަމަކުރުމަށް ދިން މުއްދަތު ދެ ފަހަރަށް އިތުރުކުރުމަށް ފަހު ވެސް ހަމަ ނުކުރެވުމުންނެވެ.
އިޞްލާޙަކީ ފިކުރެއް. ފިކުރެއް ނައްތައެއް ނުލެވޭނެ.
ނަމަވެސް އެމްއާރުއެމުން ބުނީ އެ ޕާޓީ އުވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެ ޕާޓީގެ މެމްބަރުންތައް މީގެ ކުރިން ވެސް އެހެން ޕާޓީތަކަށް ވެއްދި ކަމަށާއި އުވައިލީ ގާނޫނާ ޚިލާފަށްކަން ސާބިތުކޮށްދޭނެ ކަމަށެވެ. އެމްއާރުއެމުން ގެންގުޅެނީ އެކަމުގައި ކޯޓަށް ދިއުމުގެ ވިސްނުމެވެ.
އެމްއާރުއެމް އަކީ މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ