އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫއިން ފަހިކޮށްދީފި

އެހެން އަހަރުތަކެކޭ އެއްފަދައިން، ކޮންމެތާކުންވެސް ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން މިއަހަރުވެސް ފަހިކޮށްދީފިއެވެ.
އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށްލައްވާށެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔާ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. އެގޮތުން ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް 909#* އަށް ޑައަލް ކޮށްލައްވާށެވެ.
މި ރަމަޟާން މަހު ވެސް ނަމާދު އެލާޓް ހިދުމަތް މެދުވެރިކޮށް ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލުމުން. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި މުޅިން ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.
އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެމް-ފައިސާ ބަލައިގަންނަ ހުރިހާ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް މުޅި ރަމަޟާން މަހުގެ ތެރޭގައި ފައިސާ ދައްކަވާ ކޮންމެފަހަރަކު ފައިސާ ދައްކާ އަދަދުގެ %2 އާއި ހަމައަށް ފައިސާ އަބުރާ ވޮލެޓައް ލިބޭނެއެވެ.
ރަމަޟާން މަހަކީ އޯގާތެރިކަން އިތުރު ކުރަންވީ މަހެއްކަމުން، މި ރަމަޟާން މަހު މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެއެވެ.
ހަދިޔާ ކުރާ ޕެކްތައް ހަދިޔާ ކުރާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު އެމްއެމްޑަބްލިއުއެމް އިން ބިދޭސީ މަސައްކަތްތެރިންނާއި ހަވާލުކުރެވޭނެއެވެ. ހަދިޔާކުރި އިފްތާރު ޕެކްތަކުގައި ރަމަޟާން މަހު ރޯދަ ވީއްލުމަށް އެހީތެރިވުމުގެ ގޮތުން ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ހިމެނޭނެ އެވެ.
ރަމަޟާން މަހު އުރީދޫ ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފާތަކުގެ މައުލޫމާތާއި މި އޮފޮރ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އޮފަރތަކާއި ބެހޭ މައުލޫމާތު ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުރީދޫ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. http://ore.do/app
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ