ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މެދު ކަނޑާލި ވަގުތު، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް، ދައުލަތުގެ ވަކީލުންނާ ކޮށްލެއްވީ ސަމާސާއެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު، އަދި ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 
އިއްޔެ ހައިކޯޓުގައި އޮތް އަޑުއެހުން މެދު ކަނޑާލި ވަގުތު، ރައީސް ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާލަށް ދިމާކުރެއްވި ކަމަށް ޕީޖީގެ އޮފިޝަލަކު ވިދާޅުވެފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެގޮތުން އެ ނޫހުގައި ޕީޖީ އޮފިޝަލަކު ވިދާޅުވި ކަމަށް ބުނެ، ލިޔެފައިވަނީ, ދައުލަތުގެ ވަކީލުންނާ ދިމާލަށް ތިޔައީ ކިޔަވައިގެން ތިބި ކުދިން ކަމަށާއި ތިޔަކަލަ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ދައުލަތުގެ ވަކީލުންގެ ވާހަކަތަކުން "ސެންސް މޭކެއް ނުކުރޭ" ކަމަށްވެސް ވިދާޅުވި ކަމަށް ބުނެފައިވެއެވެ. 
Advertisement
އެވާހަކަތަކަށް ރައްދު ދެއްވައި، ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ވަކީލުންނާއި ރައީސް ޔާމީން ދިމާ ކުރެއްވި ކަމަށް ބުނެފައިވާ ވާހަކަ ދޮގު ކުރައްވާފައެވެ. އަދި ވިދާޅުވީ، އެއީ އެމަނިކުފާނު ކޮށްލެއްވި ސަމާސާއެއް ކަމަށެވެ. 
"ދަޢުވާތަކަކީ ޖަހާ ސަކަރާތެއް! ނޫސްތަކަށް އެވާހަކަ ލިޔަން ނުކެރުމަކީ ވަކި ވާހަކައެއް!" ޑރ. ޖަމީލް ވިދާޅުވި އެވެ. 
ޖަމީލް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރޭވުމެއްގެ ދަށުން  ރައީސް ޔާމީނަށާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް  އަނިޔާކުރައްވާ ކަމަށާ، އެކަން ސިއްރު ނުކުރެވޭނެ ކަމަށެވެ.
    
    ދައުލަތުގެ ވަކީލުންނާ ރައީސް ޔާމީން ދިމައެއް ނުކުރައްވާ؛ ކުރެއްވީ ސަމާސާއެއް: ޑރ.ޖަމީލް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            