އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް: މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ މެޗުތައް މާދަމާއަށް ފަސްކޮށްފި

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444"ގައި މިރޭ ކުޅެން އޮތް މެޗުތައް މާދަމާއަށް ފަސްކޮށްފިއެވެ. އެ މުބާރާތް އިންތިޒާމުކުރާ ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މިރެއަށް ތާވަލުކޮށްފައިވާ މެޗުތައް މާދަމާ ރޭ ކުޅޭގޮތަށް ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. ފިތުރު އީދާ ގުޅުވައިގެން މިދިޔަ ހޮނިހިރު ދުވަހު ފެށި އެ މުބާރާތުގައި މިރޭ ހަ މެޗެއް ކުޅުމަށް ކުރިން ތާވަލުކޮށްފައިވެއެވެ. އެއީ ފުރަތަމަ ބުރުގެ ފަހު ހަތަރު މެޗަކާއި ގަދަ 16 ގެ ފުރަތަމަ ދެ މެޗެވެ. އެހެންކަމުން ދެން އެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. މާދަމާ ރެއަށް ފަސްކުރި މެޗުތައް: 21:00، ހުޅުމާލެ ޔުނައިޓެޑް - ލޮރެންޒޯ ސްޕޯޓްސް (ފުރަތަމަ ބުރު) 21:30، ޔުނައިޓެޑް އީސްޓް ކޯސްޓް - ހައްހާ ވީކޭ22:00، ޓީސީ ސްޕޯޓްސް - ދަ ވަން ސްޕޯޓްސް22:30، އެމްސީ ސްޕޯޓްސް - ޓީސީ ކްލެސިކް 23:00، ކްލަބު އެސްޑީޒެޑް - ބްރަދާހުޑް ސްޕޯޓްސް ކްލަބު (ގަދަ 16) 23:30، ކްލަބު ޓީނޭޖް - މަސްއޮޑި ވޯވޯ (ގަދަ 16) ޖުމުލަ 34 ޓީމަކާއެކު ކުރިއަށްގެންދާ ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ