ދިވެހި އަސްކަރިއްޔާ އަންނަނީ ބާރަށް ކުރިއަރަމުން

ޤައުމުގެ މިނިވަންކަން ދިފާޢުކުރެވޭ ވަރުގެ އަސްކަރީއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތަކީ މިހާރު ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ މަސައްކަތެއް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުސާބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ފާއުތިވި
މިދިޔަ 15 އަހަރު ވަޠަނުގެ ދިފާޢަށް ގޮވާލަމުން ދިޔަ ގޮވާލުމަށް އަޅާނުވެލި އޮތުމަށް ފަހު މިއަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތީން ޤައުމުގެ މިނިވަންކަން ދިފާޢު ކުރެވޭފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތަކީ ބާރަށް ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.
"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ހިމާޔަތުގައި ފަލަ ރަތް ރޮނގެއް ދަންމަވައި ވަށައި ޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ރާއްވަވާ އެ ފަލަ ރަތްރޮނގު ހިމާޔަތް ކުރެވޭ ފަދަ ޒަމާނީ އަސްކަރިއްޔާއަކަށް އަޅުގަނޑުމެންގެ ދިފާޢީ ބާރު، ބަދަލު ކުރައްވަން ފައްޓަވާ ރެއާއި ދުވާލު އެމަސައްކަތުގައި ޝާމިލްވެ ހޯއްދަވާ ގިނަގުނަ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާ އަށް މަރުޙަބާއާއި ޝުކުރު ދަންނަވަން." ގައްސާން ވިދާޅުވިއެ ވެ.
އޭނަ ވިދާޅުވީ، މި ސަރުކާރަށް މިވީ ދެ އަހަރެއްހާ ދުވަހު ދިވެހި އަސްކަރީއްޔާއިން ގިނަ ލަނޑުދަނޑިތަކެއް ވެސް ހާސިލްކޮށްފައިވާ ކަމަށެވެ.
އެގޮތުން ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެއް ފަށައި، މި އަހަރުގެ ޖަލްސާގައި އެޕްރޮގްރާމުގެ ދަރިވަރުން ބައިވެރިވިޖަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމްއެންޑީއެފް މެރީންކޯގެ ޤާބިލީއްޔަތުކަން އިތުރުކު ކުރުމާއި ކޯސްޓް ގާޑުގެ ޤާބިލިއްޔަތުކަން ދެގުނަ ކުރުން ފަދަ ކާމިޔާބީަތއް ހޯދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގައްސާން ވިދާޅުވީ ނޮވެމްބަރު 3، 1998 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި އަބްޠާލުންގެ ހަނދާން ނައްތާނުލާ ޤައުމަށް ކުޅަދާނަވީ މިންވަރަކުން، ޝަހީދުންގެ އަޢިލާތަކަށް އިނާޔަތް ދިނުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ފައްޓަވާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ބައިވެރިންނަށް، ޝަހީދުވި އަބްޠާލުންގެ ޚިދުމަތާއި މެދު ވިސްނަވައި މިއަދު އެ ބައިވެރިން ހަވާލުވި ޒިންމާގެ ބޮޑު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ