މާލޭ ގެއެއްގެ ސިޑި ގޮޅިއަށް މީހަކު ވެއްޓިއްޖެ؛ ހޮސްޕިޓަލުގައި ފަރުވާ ދެނީ
މާލޭގެ ގެއެއްގެ ސިޑި ގޮޅިއަށް މިއަދު މީހަކު ވެއްޓުމާ ގުޅިގެން އެ މީހާއަށް ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މާފަންނުގައި ހުންނަ ގެއެއްގެ ހަވަނަ ފަންގިފިލާގެ ވައިގޮޅިން އެ ގޭގެ ސިޑި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު 18:29 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ގޭގެ ސިޑިގޮޅިއަށް ވެއްޓުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު ކަމަށާއި، އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ، ހާދިސާއާ ގުޅުން ހުރި އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާކުރާނެ ކަމަށް ބުނެފައެވެ. މީގެ ކުރިން ވެސް، އިމާރާތްތަކުގެ މަތީ ފަންގިފިލާތަކުން ސިޑިގޮޅިއަށް މީހުން ވެއްޓި، އަނިޔާވެފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ