ދާންދޫ, ޖަރީމާގޭ ޢަލީތަކުރުފާނު ހޯދަން އިއުލާނުކޮށްފި
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުނުކުރެވިގެން ގއ. ދާންދޫ، ޖަރީމާގެ، ޢަލީތަކުރުފާނު (39އ) ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ. ފުލުހުން ބުނީ، އޭނާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. ޢަލީތަކުރުފާނު ހޯދަނީ އެހެންވެއެވެ. އަމުރުގައިވަނީ ބުރާސްފަތި ދުވަހުގެ 13:45 އަށް ސިވިލް ކޯޓަށް ހާޒިރުކުރަން ކަމަށް ފުލުހުން ބުންޏެވެ. ޢަލީތަކުރުފާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރަން ވަނީ އެދިފައެވެ. އަދި، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ