ދިވެހި ފުޓްބޯޅަ ކުރިއެރުވުމާއި ގުޅޭގޮތުން ރައީސް އާއި ފީފާގެ ރައީސް މަޝްވަރާ ކުރައްވައިފި

ދިވެހި ފުޓްބޯޅަ ކުރިއަރުވައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަޝްވަރާ ކުރައްވައިފި އެވެ. 
ރާއްޖެ ވަޑައިގެން އުޅުއްވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައި -- 
މި ބައްދަލްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބައްދަލްވުމުގައި ދިވެހި ފުޓްބޯޅަ ކުރިއަރުވައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އަދި އެ ކަމުގައި އެފްއޭއެމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ފީފާގެ ރައީސް ދެއްވާފައިވާ ކަމަށެވެ. ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ. 
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައި -- 
އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކްފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ވީއައިއޭއިން އިންފަންޓީނޯއަށް މަރުހަބާ ދެންނެވީ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގާއި، ޓޫރިޒަމް އަދި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްގެ އިތުރުން އެކި އިދާރާތަކުގެ ބޭފުޅުންނެވެ. 
މިކަމަށްޓަކައި ވީއައިއޭގައި ހާއްސަ އިވެންޓެއް ކުރިއަށްގެންދިޔައިރު މި ހަރަކާތުގައި ޤައުމީ ފުޓްބޯޅަ ޓީމްގެ އިތުރުން ފުޓްބޯޅަ އާއިލާގެ ގިނަބަޔަކު ބައިވެރިވިއެވެ. ފީފާގެ ރައީސްއަށް މަރުހަބާ ދެންނެވުން ކުރިއަށްގެންގޮސްފައިވަނީ ސަގާފީ ހަރަކާތްތަކާއެކުގައެވެ. 
ފީފާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވިއިރު، މިއީ 19 އަހަރުގެ ތެރޭގައި އެ އިދާރާގެ އެންމެ އިސްވެރިއަކު ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރެވެ. އެފްއޭއެމުން ބުނީ ފީފާގެ ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ގަދަވެގެންދިއުމަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ