ދިރާގުން އިންތިޒާމު ކުރާ، ރާއްޖޭގެ އެންމެ ބޮޑު ދުވުމުގައި 4،500އަށް ވުރެ ގިނަ މީހުން މިއަދު ބައިވެރިވެއްޖެ އެވެ.
ތަފްސީލް - މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގައި ދުނިޔޭގެ އެކި ގައުމުތަކުން މީހުން ބައިވެރިވި އެވެ. ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް އެކުގައި ވެސް މި ދުވުމުން ފެނުނެވެ.
ޑީއެމްއާރުއާރަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
ތިން ކެޓެގަރީއަކަށް ބަހާލައިގެން، މި ދުވުން ކުރިއަށް ގެންދިޔައީ ވެސް ތިން ވަގުތެއްގަ އެވެ.
އެއީ:
ހާފް މެރެތަން: ރޭ ދަންވަރު 2:30ގައި
10 ކިލޯމީޓަރު: ފަތިހު 5:30ގައި
5 ކިލޯމީޓަރު: ހަވީރު 4:30ގައި
ހަވީރު ދުވުން ކުރިއަށް ދިޔަ ވަގުތުތަކުގައި، ހިތްވަރުދިނުމުގެ ގޮތުން ހާއްސަ ހަރަކާތްތަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތައް މަގުމަތީގައި ބަހައްޓާފައި ހުއްޓެވެ. އަދި ހިތްވަރު ދިނުމަށް މިއުޒީޝަނުން ވެސް ފޯރީގައި ހަރަކާތްތެރިވި އެވެ.
އެނގުން މުހިއްމު - މި އަހަރުގެ ރޯޑް ރޭހަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.
ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަސް ޖަމިއްޔާއަށް، ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން، ޖުމްލަ 200،000ރ. ދިން
އޭގެ އިތުރުން، ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100ރ. އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބުނު ހުރިހާ ފައިސާއެއް ހަމަހަމައަށް އެ ޖަމިއްޔާތަކަށް ހަދިޔާ ކުރި
ރާއްޖޭގެ އެންމެ ބޮޑު ދުވުން: 4,500 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ