ރަށަށް ދިޔަ އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދިޔަކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށީގެ ޒުވާނުންތަކެއް ހައްޔަރުކޮށްފި އެވެ.
ތަފްސީލް - ފުލުސް އޮފީހުން ބުނިގޮތުގައި އެ ހަތަރު މީހުން ހައްޔަރު ކުރީ، ކޮލަމާފުއްޓަށް މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ. ކޮލަމާފުއްޓަށް ނިސްބަތްވާ އެ އެންމެން ވެސް ހައްޔަރުކުރީ ލޯންޗުގައި ރަށަށް އެރުމާއެކު ހަމަ އެތަނުންނެވެ.
މި އޮޕަރޭޝަނުގައި ހައްޔަރު ކުރީ:
ހަސަން ރައްޔާން ރާޝިދު، 26
އިސްމާއިލް ހައިޒަމް ހަބީބް، 22
އަލީ ޖަނާހު ޖައުފަރު، 25
އަޒާން މުހައްމަދު، 19
ފުލުހުން ބުނިގޮތުގައި ލޯންޗުގައި އެ މީހުން ރަށަށް ދިޔުމާއެކު، ލޯންޗު ބަލާ ފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނެވެ.
އެގޮތުން:
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނުނު
އެ މީހުންގެ ހަށިގަނޑު ޗެކް ކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތް ސެލޯފިންކޮޅު ފެނުނު
އެތަކެތީގެ ބަރުދަނުގައި 44.83 ގްރާމް ހުރި
ފުލުހުން ބުނީ، މި އެންމެންގެ ބަންދާ މެދު ގޮތެއް ނިންމުމުން ކޯޓަށް ހާޒިރުކުރުމުން، ހައިޒަމް ފިޔަވައި އެހެން މީހުންގެ ބަންދުގެ މުއްދަތުގެ ގޮތުގައި ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. ހައިޒަމްއަށް ޖެހީ 12 ދުވަހެވެ.
މަސްތުވާތަކެތި ހިފައިގެން ރަށަށް އެރިތަނުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ