އައްޑޫސިޓީ ކައުންސިލުން ހުޅުދޫ އާއި މީދޫ ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ނިންމުމަކީ ލިބުނު ހިތްދަތިކަމެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ނަތީޖާއާއި ގުޅިގެން ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށާއި އެހެން ނަމަވެސް ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ. ހުޅުދޫ އަދި މީދޫގެ އިދާރީ ވަކި ވުމަކީ އެރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއްކަމަށް އުއްމީދު ކުރައްވާކަމަށް ނިޒާރު ވިދާޅުވިއެވެ.
އިތުރަށް ނިޒާރު ވިދާޅުވީ އައްޑޫ ފޭދޫ ރައްޔިތުންގެ ހަރުދަނާ އަދި ދުރުވިސްނޭ ނިންމުމަށް ހިތުގެ އެންމެ ފުންމިނުން މަރުހަބާ އަދި ޝުކުރު ދަންނަވާކަމަށެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެރައްޔިތުންނާއި އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަހްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއްނޫން ކަމަށެވެ. އަދި އަބަދުވެސް އެދެނީ ކުރިޔަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން ކަމުގައި ނިޒާރު ވިދާޅުވިއެވެ. ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ އެކުވެރިކަމާއި އެކު ކުރިއަށް ދިއުމަށް ގޮވާލަމުން ނިޒާރު ވަނީ މީދޫ އަދި ހުޅުދޫ ރައްޔިތުންނާއި ދޭތެރޭ އެއްވެސް ތަފާތެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް މީދޫން 847 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި، ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 623 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ.
އިއްޔެ ބޭއްވި އިންތިހާބު ފޭދޫ އިން ވަކި ކައުންސިލެއް ހަދަން ނުފެންނަކަމަށް ނިންމާފައިވާއިރު، ފޭދޫން ނުފެންނަ ކަމަށް 1،784 މީހަކު ވޯޓުދިނެވެ. އަދި ފެންނަކަމަށް ވޯޓު ދިނީ 616 މީހަކެވެ.
ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި އައްޑޫގެ އެތުލީޓަކު ހިމެނޭ! ގައުމު ބިނާކުރުމުގެ މަގުސަދަކީ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުން: ސާޖިދާ ރަށު ކައުންސިލު ހެދުމަށް ނިންމުމާއި ގުޅިގެން، ހުޅުދޫ މީދޫގައި މިރޭ ހަވާއަރުވަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ