މި ރެއަށް ތައްޔާރު؟ އެލް ކްލެސިކޯ އައިސް އެކްސްޓްރާއިން ދައްކާނެ މި ރެއަށް ތައްޔާރު؟ އެލް ކްލެސިކޯ އައިސް އެކްސްޓްރާއިން ދައްކާނެ

ސްޕެނިޝް ލަލީގާގެ އެންމެ ބޮޑު ދެ ބާރު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑުގެ ކުރިމަތިލުން މިރޭ އައިސް އެކްސްޓްރާއިން ދައްކާނެ ކަމަށް ބުނެފި އެވެ.
ސްޕެނިޝް ލީގުގެ އިތުރުން ދުނިޔޭގެ ކްލަބް ފުޓްބޯޅައިގައިވެސް އެންމެ ނަން ހިނގާ މި ދެ ކްލަބްގެ މެޗް އޮންނާނީ މިރޭ ރާއްޖެ ގަޑިން 8:15 ގަ އެވެ.
ލަލީގާގައި މިވަގުތު އެއްވަނައިގައި އޮތީ ރެއަލް މެޑްރިޑް ކަމަށްވާއިރު މިރޭގެ މެޗަކީ ބާސެލޯނާއަށް ތާވަލުގެ ކުރިޔަށް އެރުމަށް ލިބޭނެ ފުރުސަތަކަށް ވާނެ އެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު ނުވަމެޗު ކުޅެގެން ބާސެލޯނާއަށް 22 ޕޮއިންޓް ލިބިފައިވާއިރު ރެއަލް އެއްވަނައިގައި އޮތީ 24 ޕޮއިންޓް ހޯދައިގެންނެވެ.
މިރޭގެ މެޗުން ރެއަލް މޮޅުވެއްޖެ ނަމަ އެޓީމަށް ޕޮއިންޓްގެ ފަރަގު ބޮޑުކުރެވި އެއްވަނައިގައި ހަމަޖެލުމަށް ފުރުސަތު ލިބޭނެ އެވެ.
ސްޕެނިޝް ލަލީގާ ރާއްޖޭގައި ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ހޯދާފައިވަނީ މީޑިއާ ނެޓުންނެވެ.
ފޯރިގަދަ ލަލިގާގެ އިތުރުން ޕްރިމިއަރ ލީގާއި އިޓާލިއަން ސެރިއަރ އަދި ދުނިޔޭގެ މަގުބޫލު އެހެން ކުޅިވަރު ތަކުގެ އެންމެ ގިނަ މުބާރާތްތައް ދިވެހިންނަށް ބެލޭނެ އިންތިޒާމްތައްވެސް މީޑިއާނެޓުން ވަނީ ފަހިކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ