ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ރޯމިން އެޑްއޮންތަކެއް
އުރީދޫ މޯލްޑިވްސް އިން އާ ރޯމިން ޑޭޓާ އެޑް-އޮން ޕެކްތަކެއް ތައާރަފްކޮށްފި އެވެ.އެ ކުންފުނިން ބުނީ އެޕް މެދުވެރިކޮށް ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި އެޑް-އޮންތައް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ޑޭ ޕާސް، ދެ ހަފްތާގެ ޕެކް އަދި ހަތަރު ހަފްތާގެ ޕެކް ހިމެނޭ ގޮތަށް ތަފާތު ރޯމިން ޑޭޓާ ޕްލޭންތައް ކަސްޓަމަރުންނަށް ލިބިގެން ދާނެ އެވެ.ޕޯސްޓްޕެއިޑް ރޯމިން އެޑްއޮންތައް:4 ޖީބީ 4 ހަފުތާއަށް: 375 ރުފިޔާ2 ޖީބީ 4 ހަފުތާއަށް: 400 ރުފިޔާ2 ޖީބީީ 2 ހަފުތާއަށް: 200 ރުފިޔާ5 ޖީބީ 4 ހަފުތާއަށް: 750 ރުފިޔާ1 ޖީބީ ޑޭ ޕާސް 99 ރުފިޔާޕްރީޕެއިޑް ރޯމިން އެޑްއޮންތައް:2 ޖީބީ 2 ހަފްތާއަށް: 250 ރުފިޔާ1 ޖީބީ ޑޭ ޕާސް 99 ރުފިޔާއުރީދޫން ބުނީ މި އެޑްއޮންތަކާއެކު ދިވެހީން ރާއްޖެއިން ބޭރަށް ކުރާ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، ދެފުށް ފެންނަހެން، އަގުތަކާއި ރިއަލް ޓައިމް ޔޫސޭޖް ޓްރެކިންއާއެކު ރޯމިން ބޭނުންކުރުމުގެ ފުރިހަމަ ކޮންޓްރޯލް ލިބޭނެ ކަމަށެވެ. އަދި މި އެޑްއޮންތަކަކީ ރާއްޖޭން ބޭރުގައި އާ ތަންތަން ބަލާލުމާއި، މަސައްކަތް ކުރުމާއި، އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތުތައް ހިއްސާ ކުރުމާއި، ނެވިގޭޝަން އަދި ޒަރޫރީ ޓްރެވަލް އެޕްތައް ބޭނުންކުރުމުގައި ގުޅުން ބަދަހި ކުރަން ބޭނުންވާ ދަތުރުވެރިންނަށް ވަރަށް ކަމުދާނެ އެޑްއޮންތަކެއްކަންވެސް އުރީދޫއިން ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ