ނަރުހުންނާއި ޓީޗަރުންގެ މަގާމުތަކަށް ކޯޓާ ދޫކުރުން ހުއްޓާލަނީ

ނަރުހުންނާއި ޓީޗަރުން އަދި ޕައިލެޓުން ހިމެނޭހެން ވަކި މުއްދަތަކަށް ފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސިންނަށް ކޯޓާ ދޫކުރުން ހުއްޓާލަން ނިންމައި، ގަވައިދު ގެޒެޓުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އިން އިން އިއްޔެ ގެޒެޓު ކޮށްފައިވާ ރާާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ކޯޓާ ދޫނުކުރާނެ މަގާމުތައް ކަނޑައަޅާފައިވެ އެވެ.
އޭގެ ތެރޭގައި ގަވައިދަށް އަމަލު ކުރަން ފެށުމަށް ފަހު ވަކި މުއްދަތުތަކެއްގެ ފަހުން ކޯޓާ ދޫނުކުރާނެ މަގާމުތައް ވެސް ހިމެނެ އެވެ.
ތަފްސީލް - އެ ގަވައިދުގެ ދަށުން ކޯޓާ ދޫނުކުރާނެ މަގާމުތަކުގެ ތެރޭގައި ހިމެނެނީ
ޓެކްސީ ޑްރައިވަރުން
މަތިންދާބޯޓުގެ ފަސްޓްް އޮފިސަރުން/ ކޯޕައިލެޓުން
ކަނޑު އުޅަނދުގެ ކެޕްޓަނުން
މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތްތައް
ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތް ކުރާ ކޭޝިއަރުން
އެ ގަވައިދުގައި ބުނީ ކޯޓާ ދޫކުރުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށް ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެންހުރި މިންވަރަށް ބަލާ އެ މަގާމުތަކަށް ބަދަލުގެނައުމުގެ އިހުތިޔާރު ހޯމްލޭންޑް އަށް ލިބިގެންވާ ކަމަށެވެ.
ގަވައިދަށް އަމަލުކުރަން ފަށާތާ ދެ އަހަރަށް ފަހު ބައެއް މަގާމުތަކަށް ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ގަވައިދުގައި ހިމަނާފައިވެ އެވެ. އެ ތާރީހަށް ފަހު، އެ މަގާމުތަކަށް ކޯޓާ ދޫކުރުން ހުއްޓާލަން ޖެހޭނެ ކަމަށް ގަވައިދު ބުނެ އެވެ. އޭގެ ތެރޭ ހިމެނެނީ:
ހެއާ ޑްރެސާ
ބިއުޓީޝަން
ބޭބީ ސިޓާ
ޕާސަނަލް ޓްރެއިނަރު
އިލެކްޓްރީޝަން
ގެސްޓް ރިލޭޝަން އޮފިސަރު (އިނގިރޭސި)
ޓުއަ ގައިޑް
އެކައުންޓެންޓު
އިމާމު
ގަވައިދަށް އަމަލުކުރަން ފަށާތާ 3 އަހަރަށް ފަހު ކޯޓާ ބާތިލް ކުރަންޖެހޭ މަގާމުތައް
ޑައިވަރު
ނަރުހުން
ބިލްޑިން އިންސްޕެކްޓަރުން
ސާވޭޔަރުން
ސައިޓް ސުޕަވައިޒަރުން
ޕައިލެޓް
ފޮޓޯގްރާފަރު
ގަވައިދަށް އަމަލުކުރަން ފަށާތާ 4 އަހަރަށް ފަހު ކޯޓާ ބާތިލް ކުރަންޖެހޭ މަގާމުތައް
އިލެކްޓްރިކަލް އިންޖިނިއަރު
ޑައިވް އިންސްޕެކްޓަރު
ގަވައިދަށް އަމަލުކުރަން ފަށާތާ 5 އަހަރަށް ފަހު ކޯޓާ ބާތިލް ކުރަންޖެހޭ މަގާމުތައް
ހައުސް ކީޕިން މެނޭޖަރު
ހިޔުމަން ރިސޯސް މެނޭޖަރު
ފްރަންޓް އޮފީސް މެނޭޖަރު
ޕްރައިމަރީ/ސެކަންޑްރީ ޓީޗަރުން
ގަވައިދު ގެޒެޓުކޮށް، އިއްޔެ އިން ފެށިގެން ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ