މަސައްކަތް ނިންމާލައިފި، ހުލުމާލެ މަގުތަކުން 787 ވެހިކަލް ޓޯ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޤަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމަށް ނެގުމަށް ފެށި މަސައްކަތް ނިންމާލިއިރު 700 ވުރެ ގިނަ ވެހިކަލް ޓޯ ކޮށްފި އެވެ.
ފުލުހުން މިރޭ ބޔނީ މި މަހުގެ ހަވަނަ ދުވަހު ހެނދުނު ފެށި މަސައްކަތް މިރޭގެ ނިޔަލަށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތަކީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމަށް ކުރި މަސައްކަތެކެވެ.
ފުލުހުން ބުނި ގޮތުގައި މި މަސައްކަތުގައި ހުޅުމާލެ ފޭސް 1 އަދި 2 އިން ޖުމްލަ 787 ވެހިކަލެއް ވަނީ ޓޯ ކޮށްފަ އެވެ.
އެގޮތުން ރަޖިސްޓްރީ ކޮށްފައިވާ ޒޯނާއި ނުގުޅޭ ބޯޑްހުރި 252 ވެހިކަލާއި ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑް ނެތި މަގުމަތީ ހުރި 186 ވެހިކަލާއި މަގުތަކަށް ދޫކޮށްލާފައިވާ 349 ވެހިކަލެއް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ