ދީމާ ޑަބްލިއުޓީޓީ ދަންމާމު ކޮންޓެންޑާ މުބާރާތުގެ ސެމީގައި ވާދަކޮށްފި ދީމާ ޑަބްލިއުޓީޓީ ދަންމާމު ކޮންޓެންޑާ މުބާރާތުގެ ސެމީގައި ވާދަކޮށްފި

ސައުދީ އަރަބިއްޔާގެ ދަންމާމުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް (ޑަބްލިއުޓީޓީ) ޔޫތު ކޮންޓެންޑާ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ސެމީ ފައިނަލުގައި ގައުމީ ޓީޓީ ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ވަދަކޮށްފި އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން ދީމާ ވަނީ، މިސްރުގެ ހަބީބާ އެލްބަސޫމީއާ ވާދަކޮށް، 3-2 ސެޓުން ބަލިވެފަ އެވެ. މެޗުގެ ފުރަތަަމަ ދެ ސެޓު، 04-11، 07-11 އިން ދީމާ ކުރިހޯދައިފައިވަަނިކޮށް، ހަބީބާ މޮޅުވީ ދެން ކުޅުނު ތިން ސެޓުން، 11-08، 11-07 އަދި 11-04 އިން ގެންގޮސްގެންނެވެ. ގްރޫޕްގެ ދެ ވަނަ މެޗުގައި އިރާނުގެ މަލިކާ އައްބާސީއާ ކުޅެގެން ދީމާ ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ. ދީމާ ފަހަތުން އަރައި މޮޅުވި މި މެޗުގައި ސެޓުތައް ދިޔައީ، 07-11، 11-04، 11-07 އަދި 11-03 އިންނެވެ.
ގަދަ 16 ބުރުގައި ދީމާ ކުޅެން ޖެހުނީ ޖޯޖިއާގެ ޓެކްލާ ލިޕާޓެލިއާނީއާ އެވެ. އެ މެޗުން ސީދާ ތިން ސެޓުން ދީމާ މޮޅުވީ، 11-03، 11-6 އަދި 11-03 އިން ސެޓުތައް ގެންގޮސްގެންނެވެ. ކުއާޓާ ފައިނަލުގައި، ޖޯޖިއާގެ އަނަސްތާސިއާ ޝިކަރިޝްވިލީއާ ކުޅެގެން ދީމާ ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 11-06، 08-11، 11-07 އަދި 11-09 އިންނެވެ.
ސެމީ ފައިނަލުގައި ދީމާ ކުޅެން ޖެހުނީ، ނިއު ޒީލެންޑުގެ ލި ޝެއުކް ޓުންއާ ދެކޮޅަށެވެ. އޭނާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ ސެޓުތައް ގެންދިޔައީ، 11-09، 11-09 އަދި 11-05 އިންނެވެ.
މި ފަހަރުގެ ގައުމީ ޓީޓީ މުބާރާތުގެ މެޗެއްގެ ތެރެއިން އަލްސާ ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ވާދަކުރި ރާއްޖޭގެ އައިޝަތު އަލްސާ ނާފިޒު ވަނީ ގަދަ 16 ބުރަށް ދަތުުރުކޮށްފަ އެވެ.
ގްރޫޕްގެ ފުރަތަމަ މެޗުން ޖަޕާނުގެ މިކޫ މަތުސުޝިމާއާ ކުޅެގެން، އަލްސާ ބަލިވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ، 11-03، 11-03 އަދި 11-04 އިންނެވެ. ދެ ވަނަ މެޗުން އަލްސާ ވަނީ، ބަހުރޭނުގެ ދާނާ އަލްހަޔާތު އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ، ދާނާ، 11-08 އިން ފުރަތަމަ ސެޓު ގެންގޮސްފައިވަނިކޮށް، އަލްސާ މޮޅުވީ ދެން ކުޅުނު ތިން ސެޓުން، އަލްސާ މޮޅުވީ، 08-11، 05-11 އަދި 01-11 އިންނެވެ.
ގަދަ 16 ބުރުގައި އަލްސާ ބަލިވީ، ކަޒަކްސްތާނުގެ އައިނާޒް އަދިލްގެރެޔަވާ އަތުން ފަސް ސެޓު ކުޅެގެން، 3-2 އިންނެވެ. އައިނާޒް ފުރަތަމަ ސެޓު، 08-11 އިން ގެންގޮސްފައިވަނިކޮށް އަލްސާ ވަނީ ދެން ކުޅުުނު ދެ ސެޓުން، 12-10، 13-11 އިން މޮޅުވެފަ އެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓު ގެންގޮސް އައިނާޒް މޮޅުވީ އެވެ. އޭނާ ސެޓުތައް ގެންދިޔައީ، 09-11، 02-11 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ