ބޯޅައަކުން ޖެހި އޮސްޓްރޭލިއާގެ ކްރިކެޓް 17 އަހަރުގެ ކުޅުންތެރިއަކު މަރުވެއްޖެ ބޯޅައަކުން ޖެހި އޮސްޓްރޭލިއާގެ ކްރިކެޓް 17 އަހަރުގެ ކުޅުންތެރިއަކު މަރުވެއްޖެ

މެލްބާން، އޮސްޓްރޭލިއާ (އޮކްޓޫބަރު 30) - ކްރިކެޓް ބޯޅަ އަކުން ޖެހި އޮސްޓްރޭލިއާގެ 17 އަހަރުގެ ކްރިކެޓް ކުޅުންތެރިޔާ، ބެން އޮސްޓިން މަރުވެއްޖެ އެވެ.
އަންގާރަ ދުވަހު، މެލްބާންގައި ކުރިއަށްދިޔަ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން، އޮސްޓިންގެ ބޯ ނޫނީ ކަރުގައި ބާރު ބޯޅައަކުން ޖެހުމާ އެކު، ވަގުތުން އޭނާ ދަނޑުމައްޗަށް ވެއްޓުނެވެ. ހެލްމެޓު ވެސް އަޅައިގެން ހުއްޓައި ބޯޅައިން ޖެހުނު މިންވަރު ބާރުވުމުން، އޮސްޓިން އަށް ވަގުތުން ފަރުވާ ދޭން ފެށިއިރު ވެސް އޭނާ އަށް ސީރިއަސް ޒަހަމުތަކެއް ވަނީ ލިބިފަ އެވެ.
ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު، އޮސްޓިން ވަނީ، މޮނާޝް ޗިލްޑްރެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި، ވަގުތުން އައިސީޔޫގައި ފަރުވާދޭން ފެށިއިރު، މަރުވީ މިއަދު، ވެންޓިލޭޓަރުގައި ބާއްވައިގެން ވެސް ފަރުވާ ދީގެން ކުރިއެރުމެއް ނުލިބިގެންނެވެ.
އޮސްޓިން ކުޅެމުން އަންނަ ފާންޓްރީ ކްރިކެޓް ކްލަބުން ބުނީ، މިއީ މުޅި އޮސްޓްރޭލިއާގެ ކްރިކެޓަށް ލިބުނު ދެރައެއް ކަމަށާއި އޮސްޓިން އަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ