ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ ހަރަދު މިއަދާ ހަމައަށް ވެސް އާސަންދައިން ނުލިބޭ ކަމަށާއި އެކަން ނިމުމަކަށް ގެންނަވައި، އަންނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ، މިސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ފާހަގަކުރުމަށް، “ރައްޔިތުންނާއެކު ކުރިއަށް – ހަފްތާ 104” މި ނަމުގައި، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިސަރުކާރަކީ އޯގާތެރި އަޅާލާ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ހިންގާ “ކޮންމެ ކުއްޖަކަށް އާއިލާއެއް” ޕްރޮގްރާމު ސަރުކާރުން ކުރިއަށްގެންދިޔުމުގެ މަގްސަދަކީވެސް ކުޑަކުދިންނާ މެދު އިހާނެތިކޮށް ހިތުން މިމުޖުތަމައުން ނައްތާލުމަށްޓަކައި ސަރުކާރަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށްގޮސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކަށް މިހާރު އާއިލާތައް ހޯދައި ދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަންވެސް މީގެ ކުރިން ދެވިފައިވަނީ ވަރަށް ކުޑަކޮށް ނަމަވެސް، މި ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސްގެ ތެރެއިން 333 ވަޒީފާ ހަމަޖައްސަވައިދެއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދޭން ޖެހޭ ސަމާލުކަން ވެސް އެއްވެސް ސަރުކާރަކުން ދެއްވާފައިނުވާ ކަމަށާއި، ނަމަވެސް އެމަރުކަޒު ތަރައްގީކުރުމަށްޓަކައި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް 50 މިލިއަން ރުފިޔާގެ މަޝްރޫއެއް މިސަރުކާރުން ފަށާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެވެށި އަނިޔާއިން ސަލާމަތްކޮށްދިނުމުން ފެށިގެން ގޮސް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ހަމައަށް، އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދެއްވާ އެލަވަންސް، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، އަންނަ އަހަރު ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ މަގުން 12،000 ރުފިޔާއާ ހަމައަށް ބޮޑުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، މިސަރުކާރުން ވާނީ އައިނު ހެއްދުމަށްޓަކައި ކުރިން ލިބޭ އަދަދު ދެ ގުނައަށް ބޮޑުކޮށްދީފައި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އަތުން އެއްޗެއް ހަރަދުކުރަން ނުޖެހި ފެންވަރު ރަނގަޅު އައިނު ހެދުމުގެ ޚިދުމަތް ރައްޔިތުންނަށް ދޭންފަށާފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިނިންމެވުމަކީ ބައެއް ފަރާތްތަކުގެ މެދުގައި އެންމެ މަޤްބޫލު ނިންމުމަކަށް ނުވި ނަމަވެސް، އެކަން ކުރެއްވީ ރައްޔިތުންގެ ވިންދާއި އިހުސާސާ ގުޅޭ އެންމެ ރަނގަޅު ނިންމުމަކީ އެއީކަން އެމަނިކުފާނަށް ޔަޤީންވެވަޑައިގަންނަވާތީ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިސްރަށްވެހިންގެ އިޖުތިމާއީ ރައްކާތެރިކަމަކީ ވެސް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށާއި، ދާދި ފަހުންވެސް އައްޑޫ ސިޓީގައި އިސްރަށްވެހީންގެ މަރުކަޒެއް ބިނާކުރުމަށް ސޮއިކުރެވިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދިވެހި ކުންފުނިތަކުން ވަރަށް ރަނގަޅަށް ގަވައިދުން ސަރުކާރަށް ޓެކްސް ދައްކަމުންދާކަމަށް ޒަމީރު ވިދާޅުވެއްޖެ ފުލުހުންގެ ބެލުުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެއްކޭނެ ގޮތަކަށް ކަންކަން ރޭވުމ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ