ސަރުކާރަށް ދެ އަަހަރު؛ މިނިސްޓަރު ހަލީލް ހޯރަފުއްޓަށް ވީ ވައުދުތައް އޮޔާ ދިޔައީތަ؟
ނިމުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ބުނި ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވީ ވައުދުތައް ނުފުއްދި ގިނަ އަހަރުތަކެއް ފާއިތު ވެއްޖެ އެވެ.އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުނުއިރު އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރަކު ހޯރަފުއްޓަށް ވީ ވައުދުތަކެއް ނުފުއްދުމުން އެކަމުގެ ކަންބޮޑުވުން އެރަށު ރައްޔިތުން އަންނަނީ ކުރަމުން ނެވެ.ޝޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯގައި ހަލީލް ވަނީ ޗަމްޕާ މުހައްމަދު މޫސާ ވިދާޅުވި ކަމަށް ބުނެ ހޯރަފުއްޓަށް ގިނަ ވައުދުތަކެއް ވެފައި އެވެ. އެގޮތުން:އަލީ މޫސާ ހޮވުމުން ހޯރަފުށީގައި ހުރި އައިސްޕްލާންޓް މަސައްކަތް ހުއްޓިފައި ހުރުމުން ހޯރަފުށީގައި އާ އައިސް ޕްލާޓެއް ގާއިމުކޮށްދިނުންއަލީ މޫސާ ހޮވުމުން ހޭންޑް ބޯޅަ އަދި ބަށި ބޯޅަ ކުޅެވޭ ގޮތައް އެންމެ ޒަމާނީ ބަށި ކޯޓެއް ގާއިމުކޮށްދިނުންއަލީ މޫސާ ހޮވުމުން މުޅި އަތޮޅަށް ހުޅުވާލައިގެން މުޅި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ބަށި މުބާރާތް އަގު ބޮޑު އިނާމަކާއިއެކު ބާއްވަދިނުންއަލީ މޫސާ ހޮވުމުން ހޯރަފުށީގައި ޒަމާނީ ފިޒިއޯތެރެޕީ ސެންޓަރެއް ގާއިމްކޮށްދިނުންއަލީ މޫސާ ހޮވުމުން ވޯޓާ ސްޕޯޓްސް ސެންޓަރެއް ހޯރަފުށީ ޒުވާނުންނަށް ގާއިމްކޮށްދިނުންނަމަވެސް މިއަދު ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ ޝަކުވާއަކީ މި ސަރުކާރުގެ އިސްބޭފުޅަކު ހޯރަފުއްޓަށް ވަޑައިގެން އެދެއްކެވި ވާހަކައިގެ "ކުލަ" ނުޖެހުމެވެ. ހޯރަފުށިން "ހޯރަ" އަށް ވާހަކަދެއްކި މީހަކު ބުނީ ހޯރަފުށީ ރައްޔިތުން "ވިއްކައިގެން" މުއިއްޒު ސަރުކާރުގައި ބޮޑު މަގާމެއް ހަލީލް ހޯދުމަށްފަހު ހޯރަފުއްޓަށް ވީ ވައުދުތައް ނުފުއްދަވާ ފިލައިގެން އުޅުން ބަލައިނުގަނެވޭ ކަމަށެވެ. "ސަރުކާރުން ދައްކާ މީހާ ހޮވީމާ މިކަން ވާނެ އެކަން ވާނެ ކިޔާ ހޮޅި ވާހަކަ ދައްކައިފަ ފިލާ ނުހުރެވޭނެ، ދެން މި ރަށަށް އައިސްފި ނަމަ އޭނާ ޖަވާބުދާރީ ކުރުވާނަން" ހޯރަފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ. ހަލީލް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ނުފުއްދި ގިނަ ދުވަސްތަކެއް ވެފައިވާ އެ ވައުދުތަކާއި ގުޅޭގޮތުން "ހޯރަ" އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ މިހިނގާ ދައުރުގައި، ހޯރަފުށީ ދާއިރާގެ މަޖިލީސް މެމްބަރަކަށް، ރައްޔިތުން ވޯޓް ދެއްވައިގެން އިންތިހާބުވެވަޑައިގަތީ އަލީ މޫސަ ކަމަށާއި ކެމްޕެއިންތަކުގައި ދެކެވޭ ވާހަކަތަކުގެ ރެކޯޑްތަކާއި، ވައުދުތަކުގެ ރެކޯޑްތައް ބަލަހަށްޓަވާ، ވައުދު ފުއްދުމުގެ ޕްލޭން ރާއްވަވާ، ތަންފީޒު ކުރައްވާނީ، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ނުވަތަ މެމްބަރު ކަމަށެވެ. މި ސަރުކާރަށް 24 މަސްވެ ފަސް އަހަރުގެ ދައުރު ނިމެން ދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ވައުދު ވުމަކީ ސަމާސާއަކަށް މި ސަރުކާރުގެ ބައެއް ވެރިން މިއަދު ހަދައިފި އެވެ. އަދި އިންތިހާބުވި މީހުން ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ވައުދު ލިސްޓް ނަނގާލީ ޑަސްބިނަށެވެ. އަދި ބައެއް ވައުދަކީ މީހަކު ބުނެގެން މީހަކަށް ވީ ވައުދުކަމަށް ބުނެ ވެސް އެކަމުން އަންނަނީ ބޯދަމައިގަންނަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ