ވިޖޭއާ ކައިވެނި ކުރަން އުޅޭ ކަމަށް ބަތަލާ ރަޝްމިކާ އެއްބަސްވެއްޖެ

އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން މިފަހަކަށް އައިސް އެންމެ ބޮޑަށް ލިބެމުން އަންނަ ބަތަލާ ރަޝްމިކާ އެންމެ ފަހުން އެކްޓަރު ވިޖޭ ދެވެރަކޮންދާއާ ކައިވެނި ކުރާނެ ކަމަށް އެއްބަސްވެއްޖެއެވެ. މި މަހުގެ ހަތް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ރަޝްމިކާގެ ތެލުގޫ ފިލްމު "ދަ ގާލްފްރެންޑް" ޕްރީމިއާކުރި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ރަޝްމިކާ ބުނީ ބަތަލާ ވިޖޭއާ ކައިވެނި ކުރާނެ ކަމަށެވެ. ރަޝްމިކާ މިގޮތަށް އެއްބަސްވެފައިވާއިރު ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ހަމައެއާއެކު މިހާރު ދެ ތަރިން ވަނީ އެންގޭޖް ވެސް ވެފައި ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 26ގައި ދެ މީހުންގެ ކައިވެނި ކުރެވޭނެ ކަމުގެ ވާހަކަތައް ވެސް މީޑިއާތަކުގެ މެދުގައި އަންނަނީ ދެކެވެމުންނެވެ. ވިޖޭ އަދި ރަޝްމިކާ ފިލްމު "ދަ ގާލްފްރެންޑް"ގެ ޕްރީމިއާގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް ވިޖޭ ވެސް ހިއްސާވި ފިލްމު "ދަ ގާލްފްރެންޑް"ގެ ޕްރީމިއާގައި ވާހަކަ ދައްކަމުން އެކްޓަރު ވަނީ ރަޝްމިކާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. ހަމައެއާއެކު ރަޝްމިކާ ވެސް ވަނީ މިހާތަނަށް ފިލްމީ ކެރިއަރުގައި ވެސް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ވިޖޭގެ ފަރާތުން ލިބެމުން ދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދެ ތަރިން އެކަކު އަނެކަކާ ގުޅޭގޮތުން ވާހަކަ ދެއްކިއިރު ދެ މީހުންގެ މެދުގައި އޮތް ހާއްސަ ގުޅުން ނުވަތަ ލޯބީގެ ގުޅުން ސިއްރުކުރަން އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް މީޑިއާ ރިޕޯޓަރުން ވަނީ ބުނެފައެވެ. މި ރަސްމިއްޔާތުގައި ރަޝްމިކާ ބުނީ ކޮންމެ އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި ވެސް ވިޖޭ ދެވެރަކޮންދާ ކަހަލަ ޝަހުސިއްޔަތެއް ހުންނަންޖެހޭ ކަމަށާއި ރަޝްމިކާގެ ދިރިއުޅުމުގައި ވިޖޭ ހުރުމަކީ އޭނާގެ ނަސީބު ކަމަށެވެ. ރަޝްމިކާ ބުނީ އޭނާގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އަބަދުވެސް ބޭނުންވަނީ ދިރިއުޅުމުގެ ކަންކަން ޒިންމާދާރުކަމާ އެކު ނަގާ ބަތަލާއަށް ދިމާވާ އުފާވެރި އަދި ހިތާމަވެރި ވަގުތުތަކުގައި ވެސް އެކީގައި ހުންނާނެ ކަހަލަ ބައިވެރިއެއް ކަމަށެވެ. ދިރިއުޅުމުގައި ކުރިމަތިވެދާނެ ހަނގުރާމައަކަށް އަބަދުވެސް ތައްޔާރުވެ އޭނާއާ އެކު އެކަމާ ކުރިމަތިލާން ކެރޭނެ މީހަކީ ވިޖޭ ކަމަށާއި ވިޖޭއަށްޓަކައި ރަޝްމިކާ ވެސް ކޮންމެފަދަ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ހުރި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ތެލެގޫ ފިލްމުތަކުން މަގުބޫލުކަން ހޯދި ރަޝްމިކާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެއް ފިލްމީ ތަރިއެވެ. ރަޝްމިކާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ބޮލީވުޑް ފިލްމަކީ މިދިޔަ އޮކްޓޯބަރު މަހުގެ 21 ގައި ރިލީޒްކުރި ފިލްމު "ތާމާ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ