ލިޒްބަން، ޕޯޗުގަލް (ސެޕްޓެމްބަރު 7) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލް އިން މިދިޔަ ޖުލައި މަހު ކާރު އެކްސިޑެންޓެއްގައި މަރުވި އެ ޓީމުގެ ފޯވާޑް، ޑިއޯގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންޑްރޭ ސިލްވާގެ ހަނދާންއާކުރިއިރު، އާރްމީނިއާ އަތުން 5-0 އިން ޕޯޗުގަލް މޮޅުވެއްޖެ އެވެ.
ޖޫން މަހު، ޕޯޗުގަލްއާ އެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި ޖޮޓާ، އޭގެ އެއް މަސް ފަހުން ކާރު އެކްސިޑެންޓެއްގައި މަރުވިއިރު، އެ ހާދިސާ އަށް ފަހު، ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗަކީ ރޭގެ މެޗެވެ. މެޗު ފެށުމުގެ ކުރިން ވަނީ ސުކޫތެއް ގެނެސްފަ އެވެ. އަދި، ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު، ޖޮޓާގެ ހަނދާން އާ ކޮށްފައިވެ އެެވެ.
އާރްމީނިއާގެ ވަޒްގަން ސަރްގަސިއަން ރިޕަބްލިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާއާ އެކު، އަލް ނަސްރަށް ކުޅޭ ޖޮއާއޯ ފެލިކްސް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. މި ދެ ލަނޑާ އެކު، ރޮނާލްޑޯ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު ވަނީ 140 އަށް އަރައިފަ އެވެ.
ޕޯޗުގަލްގެ އަނެއް ލަނޑު ޖެހީ ޖޮއާއޯ ކަންސޭލޯ އެވެ.
މެޗަށް ފަހު، ޕޯޗުގީސް ވާތު ބެކް، ނޫނޯ ޓަވަރޭސް ބުނެފައިވަނީ، މެޗުގެ ކުރިން ވެސް ކުޅުންތެރިން ޖޮޓާގެ ވާހަކަތައް ދެއްކި ކަމަށާއި އަދި މެޗަށް ފަހު ވެސް އެކަން ކުރިއަށްދިޔަ ކަމަށެވެ. އަދި، ޖޮޓާގެ ހަނދާންތައް އަބަދުވެސް ކުޅުންތެރިންގެ ސިކުނޑީގައި ހުންނާނެ ކަމަށް ޓަވަރޭސް ވަނީ ބުނެފަ އެވެ.
ޕޯޗުގަލްއާ އެކު ކޮލިފައިން އެފްގައި އޮތީ އަރްމީނިއާ، ހަންގޭރީ އަދި އަޔަލެންޑް އެވެ. އަޔަލެންޑާއި ހަންގޭރީ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ޖޮޓާގެ ހަނދާން އާ ކުރިއިރު ޕޯޗުގަލް އަށް ބޮޑު މޮޅެއް ޖޮޓާގެ ހަނދާން އާ ކުރިއިރު ޕޯޗުގަލް އަށް ބޮޑު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ