ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާލެ އާއި ހުޅުމާލެ އިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާލެ އާއި ހުޅުމާލެއިން އެއް ވަގުތެއްގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާ، ވީ އެންމެ އަވަހަކަށް އަލުން ހިދުމަތް ދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ އާއި ހުޅުމާލޭން ކަރަންޓު ދިޔަނަމަވެސް މިހާރު ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓު ދީފަ އެވެ. ނަމަވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި އަދި ވެސް ކަރަންޓެއް ނެތެވެ.
ސްޓެލްކޯއިން ބުނީ މާލޭން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް ދޭން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު- ސިނަމާލެ ބްރިޖު- މެދުވެރިކޮށް ކަރަންޓުގެ ވިއުގައެއް އަޅާފައިވެ އެވެ.
މާލެ އާއި ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯއިން ދަނީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މި ހިދުމަތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސް ކަސްޓަމަރުންނާ ގާތުން ދަނީ ހިދުމަތް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ