ހޭވައްލާ ތައްޔާރު ؛ ގަދަ ދިހަ އެއް!
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޓޭޓުން ނަކީ "ގަދަ ދިހައެއް" ގޮތުގައި ބެލެވެން ފަށައިފި އެވެ.ރަށްވެހިކަމާއި ރައްޔިތުންގެއިހުސާސްތައްގުޅާލާ، ދެމެހެއްޓެނިވި ތަރައްގީގެ ރީތިނަން ނިސްބަތްވާ ޕާޓީ އެމްޑީޕީން ރަށު ކައުންސިލަށް ވާދަ ކުރާ ކެންޑިޑޭޓުން ނަކީ: ހޯރަފުށީ ކައުންސިލްގެ ރައީސް ކަމަށް - މުހައްމަދު އަސްފާމްހޯރަފުށީ ކައުންސިލްގެ މެންބަރު ކަމަށް - އަހުމަދު އިމްދާހުހޯރަފުށީ ކައުންސިލްގެ މެންބަރު ކަމަށް - އާމިނަތު ވިސާމާހޯރަފުށީ ކައުންސިލްގެ މެންބަރު ކަމަށް - އަހްމަދު ރައޫފްހޯރަފުށީ ކައުންސިލްގެ މެންބަރު ކަމަށް - އާމިނަތު އަބްދުއް ސައްތާރުއެމްޑީޕީގެ ޓިކެޓްގައި އަންހެނުންގެ ތަރައްގީ މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ނަކީ:ހޯރަފުށީ ޑަބްލިއުޑީސީގެ ރައީސާ ކަމަށް - އާފިޔާ މުހައްމަދުހޯރަފުށީ ޑަބްލިއުޑީސީގެ މެންބަރު ކަމަށް - ސާރާ އަބްދުއްލަތީފުހޯރަފުށީ ޑަބްލިއުޑީސީގެ މެންބަރު ކަމަށް - ހަމީދާ މުހައްމަދުހޯރަފުށީ ޑަބްލިއުޑީސީގެ މެންބަރު ކަމަށް - ފާތިމަތު ތަސްލީމާރަފުށީ ޑަބްލިއުޑީސީގެ މެންބަރު ކަމަށް - ތޯހިރާ ޝާކިރުއެމްޑީޕީ ހޯރަފުށި ދާއިރާއިން ބުނީ އެ ޕާޓީގެ "ހޯރަފުށި ރައްޔިތުމީހާގެ ޓީމް" ނިކުންނާނީ ފިސާރި ކެރިގެން ކަމަށާއި އެ ޓީމް ރައްޔިތުންގެ ހިދުމަތުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އިންތިހާބު ވެއްޖެ ނަމަ ރައްޔިތުން އެދޭ ކަން ކަން ތަންފީޒް ކުރާނެ ކަމަށާއި ބޭނުން ވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ.އަދި އަންހެނުންގެ ކޮމިޓީއާއިއެކު އައުއަޒުމެއްގައި - ކައުންސިލާއިގުޅިގެން ހޯރަފުށީގެ ތަރައްގީ މުޅިން އާހަރުފަތަކަށް ގެންގޮސް ދޭނެ ޓީމަކީ އެމްޑީޕީގެ ޒުވާން ފަހުލަވާނުން ކަމަށް އެ ޕާޓީން ބުންޏެވެ.ކައުންސިލް އިންތިހާބަށް ނިކުތް އެމްޑީޕީގެ ޓީމާއި ގުޅޭ ގޮތުން އެ ރަށު ޒުވާނަކު ބުނީ ހޯރަފުށީ ރައްޔިތުންނަށް ހިދުމަތް ކުރަން މާލޭ ރަށްވެހިންނެއް ބޭނުމެއް ނޫން ކަމަށާއި ހޯރަފުށްޓަށް ބޭނުންވަނީ ހޯރަފުށި ދެކެ ލޯބިވާ، ރަށު ވަންތަ ރޫހުގައި މަސައްކަތްކުރާ، "މޫސުމީ ނޫން" ހޯރަފުށި ދަރިން ކަމަށެވެ."ހޭވައްލާ ތައްޔާރަށް މިތިބީ މި ޓީމް ހޮވަން ތައްޔާރަށް، މީ އިންތިހާބުގެ ގަދަ ދިހަ އެއް" ޖޯޝުގައި ހިތާ ރޫހުން މަސައްކަތް ކުރާނެ ކަމަށް ބުނެ އެ ޒުވާނާ ބުންޏެވެ.އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަންޖެހެ އެވެ. އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އަންނަނީ، ކެމްޕެއިން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ