ސިޓީ ކައުންސިލްތަކަކީ މޭޔަރ ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރެވޭކަށް އޮންނަ ތަނެއް ނޫނެވެ. ގާނޫނުގައި މޭޔަރުގެ ހައިސިއްޔަތުން ކުރަން ކަނޑައަޅާފައިވާ މަދުކަމެއް ފިޔަވާ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރަނީ ކައުންސިލުން ފާސްކޮށްގެންނެވެ. މޭޔަރގެ މެނިފެސްޓޯ ތަންފީޒު ކޮށްދޭނެ ކައުންސިލެއްނެތި އެކަނި މާއެކަނި ހުންނަ މޭޔަރަކަށް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ.
ސިޔާސަތުތަކެއް ތަންފީޒު ކުރެވޭނީ އެކީގައި މަސައްކަތްކުރާނެ ކައުންސިލަރުން ތަކެއް ތިބެގެންނެވެ. އެއްފިކުރެއްގައި މަސައްކަތް ކުރާނެ ކައުންސިލެއް ނެތި ބޮޑެތި ސިންގާ ސިޔާސަތުތަކެއް ތަންފީޒެއް ނުކުރެވޭނެއެވެ.
އެތައް ހާސް ޕާކިންގ ސްލޮޓް މާލޭގައި ހެދުމާއި ސިޓީ ކައުންސިލްގެ އާމްދަނީ ދެ ބިލިޔަނަށް ޖެއްސުން ފަދަ ބޮޑެތި ކަންކަން ކުރެވޭނީ މޭޔަރާއި އެކު ސިޔާސީ ގޮތުން އެއް ވިސްނުމެއްގައި މަސައްކަތް ކުރާ ކައުންސިލެއް އޮވެގެންނެވެ. އަމްދުން ސިިޓީ ކައުންސިލްގައި ހިނގާފައިވާ ފަސާދައިގެ މައްސަލަތަކާއި މާލޭގެ ބިމާގުޅޭ ކަންކަން ބަލަން އެއްވެސް ކަމެއް ކުރެވޭނީ ކައުންސިލުން ފާސްކޮށްގެންނެވެ.
އިންތިހާބާ ދިމާކޮށް ކިތަންމެ ބޮޑެތި ވައުދުތަކެއް ވިޔަސް އެއްވެސް ސިޔާސީ ޕާޓީއަކާއި ނުގުޅެ ހޮވޭ އެކަނިވެރި މޭޔަރަކަށް އިންގިލާބީ ބަދަލެއް ގެނަހެއް ނުދެވޭނެއެވެ. އާރާއި ބާރާއި އޮވެ ވައުދު ނުފުއްދޭ ގައުމެއްގައި އާރެއް ބާރެއް ނެތި އެއްވިސްނުމެއްގެ ކައުންސިލެއް ނެތި ޒިރިޔަންދެއް ކަމަކު ފުއްދޭނެ ވައުދެއް ނުއޮންނާނެއެވެ.
ބޮޑު ޕާޓީއެއް ފަހަތުގައި އޮވެމެ ކައުންސިލްގައި މޭޔަރާ އެއްވިސްނުމުގެ ކައުންސިލަރުން ނެތުމުގެ ތަޖުރިބާ މާލެ ސިޓީ ކޮށްފިއެވެ. މޭޔަރ އާޒިމް ކުރައްވަން ބޭނުންފުޅުވީ އެތައްކަމެއް ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ނުކުރެވި ހުރީ މަދެއްކޮށް ނޫނެވެ. މިސާލެއްގެ ގޮތުން މާލޭ ބިންތަކުގެ މައްސަލަތައް އެޖެންޑާކުރުމުން ކޯރަމްގެއްލި ކޮޅެއްގައި ނުޖެއްސި ލަސްވެ ފަސްވަނީ މޭޔަރ އާދަމް އާޒިމަށް އެއްބާރުލުން ދޭނެ ކައުންސިލަރުން ނެތުމުންނެވެ.
މޭޔަރ އާދަމް އާޒިމްގެ މޭޔަރުކަމުގައި ކުރައްވާފައިވާ އާސަހަރާ މިސްކިތާއި ބުޅާފެސިލިޓީއާއި ގަބުރުސްތާނު ހުސްކުރުން ފަދަ ކަންކަމަކީ މާލެ ސިޓީ ކައުންސިލުން ކުރަން ފާސްކޮށް އޭރުގެ މޭޔަރުގެ ނާގާބިލުކަމާއި ފަސާދައާއި ހުރެ ހުއްޓި ކުރިއަށް ނުކަނޑާފައި ހުރިކަން ކަމެވެ. އާދަމް އާޒިމަކީ ކުރެވެން އޮތްގޮތަކަށް ކަންކުރައްވާ ނަތީޖާ ނެރެދެއްވާ ބޭފުޅަކަށް ވިޔަތީ ބޮޑެތި ބަދަލުތަކެއް ފެނިގެން ދިޔައީއެވެ.
ކައުންސިލްގައި މޭޔަރ އާދަމް އާޒިމް ގިނިކަންޏާ ހުންނެވި ނަމަވެސް މޭޔަރުގެ ފަހަތުގައި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އޮތުމަކީ އާދަމް އާޒިމް ސާބިތުކަމާއެކު ކަންކަން ކޮށްލެއްވުމަށް އޮތް އެންމެ ބޮޑު ބާރެވެ. އެމްޑީޕީގެ މޭޔަރުގެ ގޮތުގައި ހިތްވަރާ ކެތްތެރިކަމާއި މައްސަލަ ނުއުފެއްދުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ ގިނިކަންޏާ އާދަމް އާޒިމް ހޯއްދެވިޔަސް އެއްޔަކީ ކޮންމެ ކޮންމެ މީހަކަށް ވާކަހަލަ ކަމެއް ނޫނެވެ.
ފަހަތުގައި އެއްވެސް ބޮޑު ސިޔާސީ ޕާޓީއެއް ނެތި ޕާޓީ ތަކުގެ ޓިކެޓްގައި އިންތިހާބުވާ ކައުންސިލަރުންނާއެކު ޒަރިޔަންދުގެ މެނިފެސްޓޯއެއް މާލެ ސިޓީއަކު ނުހިންގޭނެއެވެ. އެކަނިމާއެކަނި ނިކުމެގެން ޒަރިޔަންދަށް މާލެ ބަދަލުކޮށެއް ނުލެވޭނެއެވެ. ޒަރިޔަންދަކީ ޒަރިޔަންދު ބުނާ "އެ މީހާ" އެއް ނޫނެވެ.
ޒަރިޔަންދަކީ ޒަރިޔަންދު ބުނާ - އެ މީހާއެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ