މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރަމުންދާ ނޫޓު ސީރީޒްގެ 20 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފިއެވެ.
މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، 20 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނައީ އެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުންނެވެ. މި ސްޓޮކް ރާއްޖެ ގެނެސްފައިވަނީ މިއަދު ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިއީ މި މަހުގެ ދެވަނަ ދުވަހު 100 ރުފިޔާގެ އާ ސްޓޮކެއް ގެނައުމަށްފަހު، އިތުރުކުރެވުނު ސްޓޮކެކެވެ.
ރާއްޖޭގައި ކުރިން ބޭނުންކުރަމުން އައި ކަރުދާސް ފައިސާ ބޭނުންކުރުން ހުއްޓާލައި، ޕޮލިމާ ނޫޓު ތައާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. ރަންދިހަފަހެއް ސީރީޒްގެ 5، 10، 20، 50، 100، 500 އަދި 1000 ގެ ނޫޓު ވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ދުވަހާ ދިމާކޮށް ތައާރަފްކޮށްފައެވެ.
ސްޓޮކް މަދުވެގެން 20 ރުފިޔާގެ ނޫޓު އަލުން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ