އިންތިހާބަކާ ނުލައި ޕީއެންސީއަށް ކައުންސިލްގެ 28 ގޮނޑި!

އަންނަ 4 އޭޕްރީލްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުކުރަން ޖެހޭ އަދަދަށް އެކަނި ކުރިމަތިލައިގެން، ވެރިކަންކުރާ ޕީއެންސީއަށް 28 ގޮނޑި ކަށަވަރުވެއްޖެ އެވެ.އިންތިހާބަކާ ނުލާ ކަށަވަރުވި ކައުންސިލް ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ވަނީ އާންމުކޮށްފަ އެވެ.އިންތިބަކާ ނުލައި ކައުންސިލް ގޮނޑި ކާމިޔާބުކުރި މެންބަރުން ލިސްޓުގައި ޕީއެންސީން ވަނީ 28 ގޮނޑި ކަށަވަރު ކޮށްފަ އެވެ. އަދި އިދިކޮޅު އެމްޑީޕީއަށް އެއް ގޮނޑި ކާމިޔާބުވެފައިވާއިރު، އަދާލަތު ޕާޓީއަށް ވެސް ވަނީ އެއް ގޮނޑި ކާމިޔާބުވެފަ އެވެ. އޭގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ތިން ކެނޑިޑޭޓުން ވެސް ވަނީ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.ޕީއެންސީން ވަނީ ހަ ރަށެއްގެ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެއީ؛1.ހއ. އުތީމު ކައުންސިލް ރައީސް - އަބްދުﷲ ރަޝީދު2.ހއ. ބާރަށު ކައުންސިލް ރައީސް - އަލީ ޝަމީމް3.އއ. ހިމަންދޫ ކައުންސިލް ރައީސް - މުހައްމަދު އަކްރަމް އަހުމަދު4.އދ. މަންދޫ ކައުންސިލް ރައީސް - މުހައްމަދު ސައީދު5.އދ. ދިއްދޫ ކައުންސިލް ރައީސް - އަނީސް މުހައްމަދު6.ލ. މުންޑޫ ކައުންސިލް ރައީސް - އާދަމް ނަސީފުއެމްޑީޕީން ކާމިޔާބު ކޮށްފައި ވަނީ އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އެވެ. އެ ގޮނޑިއަށް އިންތިހާބުވެފައި ވަނީ އެރަށު ނޫވިލާގޭ ޝުޖާއު އާދަމް އެވެ.އަދާލަތު ޕާޓީން ކާމިޔާބު ކޮށްފައި ވަނީ ރ. ކިނޮޅަހު ކައުންސިލް މެންބަރު ކަމުގެ ގޮނޑި އެވެ. އެ ދާއިރާއިން ޕީއެންސީއަށް ވެސް ގޮނޑިއެއް ކަށަވަރުވެފައިވެ އެވެ.އީސީން އާންމު ކުރި ލިސްޓުގައި، ޑަބްލިއުޑީސީގެ 41 ގޮނޑި އިންތިހާބަކާ ނުލައި ޕީއެންސީން ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީއަށް ފަސް ގޮނޑި ވަނީ ކާމިޔާބުވެފަ އެވެ. އަދި އަދާލަތު ޕާޓީއަށް އެއް ގޮނޑި ކަށަވަރުވެފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި ދެ ކެނޑިޑޭޓަކު ވަނީ އިންތިހާބު ވެފަ އެވެ.އިދިކޮޅު އެމްޑީޕީއަށް އަންހެނުންގެ ކޮމެޓީތަކުގެ ފަސް ގޮނޑިއެއް އަދި އަދާލަތު ޕާޓީއަށް އެއް ގޮނޑި ލިބިފައިވެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކަށް ވެސް އިންތިހާބަކާ ނުލައި ގޮނޑިތައް ވަނީ ކާމިޔާބުވެފަ އެވެ. އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ހޮވުމަށް މިދިޔަ ހަފުތާގައި ވަނީ ގުރުއަތު ނަގައިފަ އެވެ. ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ އަދަދު އުނިކުރުމުން މިހާރު އެ އިންތިހާބުގައި ވާދަކުރަނީ ޖުމްލަ 2،962 މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ